އާންމުވެފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވި ޓެކްސީއަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެކަމަކު ސައިކަލުގެ އެކި ތަންތަން ބިންދައިގެންގޮސް އެކި ދިމާއަށް ބުރަ ބުރައިގެން ގޮސްފައިވެ އެވެ.
އަމީނީމަގުގެ ތާރު އަޅާފައި އޮތް ސަރަހައްދުގައި މިއަދު ހެނދުނު ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހެނދުނު 10:00 ޖަހާ އެހާކަން ހާއިރު އަމީނީ މަގު، ކަލާފާނު ސްކޫލް ކުރިމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާންމުވެފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވި ޓެކްސީއަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެކަމަކު ސައިކަލުގެ އެކި ތަންތަން ބިންދައިގެންގޮސް އެކި ދިމާއަށް ބުރަ ބުރައިގެން ގޮސްފައިވެ އެވެ. ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.