ކަނޑުބެހި މައްސަލާގައި ބާ ކައުންސިލްގެ ރައުޔު ހާމަކުރަނީ

އެ ކައުންސިލުން ބުނީ މައްސަލަ ދިރާސާކޮށް ބާ ކައުންސިލްގެ ލޯ ރިފޯމް އެންޑް ރިސާޗް ކޮމެޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަަށެވެ.

ބާ ކައުންސިލްގެ ކޮންފަރެންސެއްގައި ވަކީލުންތަކެއް ބައިވެރިވަނީ -- ބާ ކައުންސިލްގެ ފޮޓޯއެއް

އިޓޮލްސް އިން ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ނިންމާފައިވާ ނިންމުމާމެދު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ޔައުޔެއް ނެރުމަށް ނިންމައިފި އެވެ.

އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިޓޮލްސް އިން ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ނިންމާފައިވާ ނިންމުމަކީ ގައުމީ މުހިންމު މައްސަލައެއް ކަމަށެވެ. އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ބާ ކައުންސިލުގެ ރައުޔާއި މައުލޫމާތު ހާމަކުރުމަކީ އެ ކައުންސިލަށް ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލާގައި ބާ ކައުންސިލްގެ ރައުޔު ހާމަކޮށް ދިނުމަށް އެދި ބާ ކައުންސިލްގެ މެންބަރަކު ހުށައަޅާފައިވާ މައްސަލަ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީން ބަލައިގަތުމަށް ނިންމާފައިވާ ކަމަށްވެސް ބާ ކައުންސިލްގެ ބަޔާނުގައިވެއެވެ.

އެ ކައުންސިލުން ބުނީ މައްސަލަ ދިރާސާކޮށް ބާ ކައުންސިލްގެ ލޯ ރިފޯމް އެންޑް ރިސާޗް ކޮމެޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަަށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަނީ މޮރިޝަސްއަށް ކަމަށް އައިސީޖޭ އިން ނިންމުމުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ މޮރިޝަސްއާއި ރާއްޖެއާ ފުށުއަރާ ސަރަހައްދު ބަހަފައިފަ އެވެ. އިޓްލޮސްގެ ނިންމުމާއެކު ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ދިޔައީ ކަމަށް ނިންމައި ނަޝީދުގެ "ފިކުރެއްގެ ދިރުން" ހިމެނޭހެން އިދިކޮޅު ހުރިހާ ޕާޓީތަކެއް ދަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.