ޑެންގީ އިތުރު، މިދިޔަ މަހު 320 ކޭސް

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ޑެންގީ ހުން އެންމެ ގިނައިން އުޅެނީ ރ، ބ، އދ، މ، ދ، ތ، ލ އަދި އައްޑޫ އަތޮޅުގަ އެވެ.

ޑެންގީ އިތުރުވާތީ މާލޭގެ މަގަކަށް ފޮގްކޮށްފައި: ހުމާއި ރޯގާ އިތުރު ވެފައިވޭ -- ފޮޓޯ: ރާއްޖެ އެމްވީ

މިދިޔަ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު 320 އަށް އަރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ޑެންގީ ޖެހުނީ އެންމެ 95 މީހުންނަށެވެ. އެކަމަކު މިއަހަރުގެ އޭޕްރީލް މަހު ވަނީ ހުން ޖެހުނު މީހުން އިތުރުވެފަ އެވެ. 

މިދިޔަ މަހުގެ ރިޕޯޓްތައް މިއަހަރުގެ މާޗް މަހަށް ވުރެ ވެސް ވަނީ އިތުރުވެފަ އެވެ. މާޗް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރީ 169 މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ޑެންގީ ހުން އެންމެ ގިނައިން އުޅެނީ ރ، ބ، އދ، މ، ދ، ތ، ލ އަދި އައްޑޫ އަތޮޅުގަ އެވެ.

ހުން އިތުރުވިޔަސް، މިއަހަރުގެ މާޗް މަހަށްވުރެ އޭޕްރީލް މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރި މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. މާޗް މަހު 37،969 ރިޕޯޓު ކުރި ނަމަވެސް، މިދިޔަ މަހު ރިޕޯޓް ކޮށްފައި ވަނީ 29،970 ކޭސް އެވެ.

މިދިޔަ މަހު ކޮވިޑް-19 ކޭސްތައް ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން 200 އާ ގާތްކުރާ އަދަދަކަށް ކޭސްތައް މައްޗަށް ދިއުމަށްފަހު މިހާރު ވަނީ ދަށަށް ގޮސްފަ އެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ. އެގޮތުން މަދިރިން ރައްކާތެރިވުމަށް ރަގަޅަށް ހަށިގަނޑު ނިވާކުރުމާއި މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުމަށް އެދިފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.