ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އުރުދުޣާންގެ އޭކޭ ޕާޓީން ވަނީ ކާމިޔާބު ކޮށްފައެވެ. އޭކޭ ޕާޓީން 266 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު އެޕާޓީއަށް ތާއީދު ކުރާ ޕާޓީތަކާއިއެކު އޭކޭ ޕާޓީގެ އިއްތިހާދުން 322 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.
ތުރުކީގެ ރިޔާސީ އިންތިހާބު އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުވާކަން ކަށަވަރު ވެއްޖެ އެވެ. އެކަމަކު އެކަން ނިންމައިދޭން ޖެހޭނީ ތުރުކީގެ ސުޕްރީމް އިލެކްޝަންސް ކައުންސިލުންނެވެ.
އިއްޔެ ފެށި ވޯޓްގެ ބޮޑުބައެއް، ގާތްގަނޑަކަށް 98 ޕަސެންޓާ ހަމައަށް މިހާރު ވަނީ ގުނާފަ އެވެ. ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވޯޓްގައި ލީޑް ކުރެއްވި ނަމަވެސް 50 ޕަސެންޓެއް ނުހޯއްދެވެ އެވެ.
މިހާތަނަށް އުރުދުޣާންގެ ލީޑް އޮތީ 49.34 ޕަސެންޓުންނެވެ. އިދިކޮޅު ކަމާލް ކިލިޗްޑަރޮގްލޫ 44.99 ޕަސެންްޓްގަ އެވެ. ނަން އަނބުރާ ނަގާފައިވާ ކެންްޑިޑޭޓަށް 0.24 ޕަސެންޓެވެ. އަނެއް ކެންޑިޑޭޓަށް 5.24 ޕަސެންޓްގެ ވޯޓެވެ.
މީ ލީޑް އިން ގޮތުން ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް އިންތިހާބުން މޮޅުވުމުގެ ފުރުސަތު އެންމެ ބޮޑ އުރުދުޣާނެވެ. އެހެން ވެގެން އުރުދުޣާންގެ އޭކޭ ޕާޓީގެ މެންބަރުން މިހާރުވެސް ގެންދަނީ މޮޅުވެއްޖެ ކަމަށް ބަލައި އުފާފާޅު ކުރަމުންނެވެ. މިހާރު އޮތް ގޮތުން ދެވަނަ ބުރަކަށް ދާނެ އެވެ، ކުރިން ރާވާފައި އޮތް ގޮތަށް އިންތިހާބުގެ ޝެޑިއުލަށް ބަދަލެއް ނާންނަ ނަމަ ދެވަނަ ބުރެއް އޮންނާނީ މި މަހުގެ 28 ގަ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އުރުދުޣާންގެ އޭކޭ ޕާޓީން ވަނީ ކާމިޔާބު ކޮށްފައެވެ. އޭކޭ ޕާޓީން 266 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު އެޕާޓީއަށް ތާއީދު ކުރާ ޕާޓީތަކާއިއެކު އޭކޭ ޕާޓީގެ އިއްތިހާދުން 322 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު އިއްތިހާދަށް ކާމިޔާބު ކުރެވުނީ 221 ގޮނޑިއެވެ.