ޔާމީން އަތުން 52 މިލިއަން ހޯދަން އަނެއްކާވެސް ކޯޓަށް

އާރަށުގެ މައްސަލައިގައި ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. އެ މައްސަލަ ވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް ޝަރީއަތް އަދި ނުފެށެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ވ. އާރަށު މައްސަލައިގައި ހިމެނޭ 52 މިލިއަން ރުފިޔާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލު ކުރުމުން ދައުލަތުން އެ މައްސަލަ އަނެއްކާ ހައިކޯޓަށް ވައްދައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލަ އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ކަމަށެވެ. އެ މައްސަލައިގައި ހިމެނެނީ ޔާމީން ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރާ އެއް މިލިއަން ޑޮލަރާއި، އެ ފައިސާގެ ތެރެއަށް އެއްކުރި، 2.4 މިލިއަން ޑޮލަރާއި، އެ ފައިސާ އިންވެސްޓު ކޮށްގެން ލިބުނު ފައިސާއެވެ. 

ކްރިމިނަލް ކޯޓުން ނެރުނު އަމުރާ މެދު ހިތްހަމަނުޖެހިގެން އެންމެ ފުރަތަމަ އެ މައްސަލަ ހައިކޯޓަށް ވެއްދީ ޔާމީންގެ ފަރާތްޕުޅުންނެވެ. އެ ފަހަރު ދަށު ކޯޓުގެ އަމުރު ބާތިލު ކުރުމަށް ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އެ އަމުރަކީ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެ އަމުރު ނެރެފައި އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ހުކުމްކުރިތާ 63 ދުވަސް ފަހުންނެވެ. އެއީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައި ވާތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން އެދިގެންނެވެ. 

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ހުކުމް ކުރުމަށް ފަހު އެފަދަ އަމުރެއް ނެރުމަކީ ޖާގަ ދެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން، އެ މައްސަލައިގައި ދިފާއުވުމުގެ ފުރުސަތު ޔާމީނަށް ގެއްލިފައިވާކަން ވެސް މައްސަލަ ބެއްލެވި ގާޒީން ފާހަގަ ކުރެއްވިއެވެ.

ޕީޖީން މިއަދު ބުނީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅި އިރު އެ ފައިސާ ނެގުމުގެ އަމުރަކަށް އެދުނު ކަމަށެވެ. ނަމަވެސް، ކޯޓުން ހުކުމް ކުރި އިރު އެބައި ނެތުމުން، ސިޓީއަކުން އެކަން ކޯޓުގެ ސަމާލުކަމަށް ގެނައި ކަމަށެވެ. 

އާރަށުގެ މައްސަލައިގައި ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. އެ މައްސަލަ ވެސް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް ޝަރީއަތް އަދި ނުފެށެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.