އުކުޅަހަށް ރާ ބާލާ ކަމަށް ބުނާ ސަފާރީ ބޭރުކުރަން 24 ގަޑިއިރު

އަމުރަކީ، އެކަމަށް ރަށު ކައުންސިލުން އެދުމުން ނެރެދިން އަމުރެކެވެ. އެ އަމުރަށް 24 ގަޑިއިރު ހަމަވާނީ މިރޭ 10:00 ޖަހާއިރު އެވެ.

އުކުޅަހަށް ރާ ބާލާ ކަމަށް ތުހުމަތުވާ ސަފާރީ

އއ. އުކުޅަހަށް ބަނގުރާ ބާލައި އާންމުކޮށް ވިއްކަމުން ގެންދާ ކަމަށް އެ ރަށު މީހުން ތުހުމަތު ކުރާ ސަފާރީ އެ ރަށު ބަނދަރުން ބޭރު ކުރަން 24 ގަޑިއިރުގެ މުހުލަތެއް އުކުޅަހުގެ ކޯޓުން ދީފި އެވެ. 

އެރަށު މެޖިސްޓްރޭޓް ކޯޓުން ރޭ ނެރުނު އަމުރަކީ، އެކަމަށް ރަށު ކައުންސިލުން އެދުމުން ނެރެދިން އަމުރެކެވެ. އެ އަމުރަށް 24 ގަޑިއިރު ހަމަވާނީ މިރޭ 10:00 ޖަހާއިރު އެވެ.

އުކުޅަހަށް ބަނގުރާ ބާލައި އެ ވިއްކާ ކަމަށް ތުހުމަތު ކުރަނީ "ޒެޑް ކްރޫޒާ" ސަފާރީއަށެވެ. އެ ސަފާރީ މީގެ ދުވަސްކޮޅެއް ކުރިން އެ ރަށު ބަނދަރަށް ވެއްދީ މަރާމާތުގެ ބޭނުމަށް ކަމަށް ބުނެ އެވެ. 

އުކުޅަހު ކައުންސިލުން އެކުލަވާލާފައިވާ އުސޫލެއްގައި ވާގޮތުން، އެ ކައުންސިލުގެ ހުއްދަ ނެތި އެރަށުގައި ސަފާރީއެއް ނޭޅޭނެ އެވެ. އެހެން ކަމުން އުކުޅަހުގެ ގިނަ މީހުން ދެކޭ ގޮތުގައި މަރާމާތަށް ކަމަށް ބުނެ ފަޅުގައި އަޅާފައި އޮތް ސަފާރީ އުކުޅަހު ބަނދަރުގައި އޮންނަނީ ކައުންސިލްގެ ހުއްދައާއެކުގަ އެވެ.

ނަމަވެސް، އުކުޅަހު ކައުންސިލުން ބުނާ ގޮތުގައި ރަށަށް ބަނގުރާ ބާލައި ވިއްކާ ކަމުގެ ތުހުމަތުވެފައިވާ ސަފާރީ، މަރާމާތަށް ރަށުގެ ބަނދަރަށް ވަނުމުގެ ހުއްދައަށް އެދުމުން ފުލުހުންގެ ހާޒިރުގައި އުޅަނދު ބަލައި ފާސް ނުކޮށް ބަނދަރަށް ކައިރި ނުކުރެވޭނެ ކަމަށް އެންގި ކަމަށެވެ. އަދި މަރާމާތަށް ކަމަށް ބުނެ ހުއްދަނެތި ބަނދަރަށް ވައްދާފައިވާ ކަމަށެވެ.

އެ މައްސަލަ އެ ރަށުގައި ވަރަށް ބޮޑަށް ހޫނުވެ، މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ އެރަށު ކައުންސިލު އިދާރާގެ ތެރެއަށް އާންމުން ވަދެ، ވަނީ ބޮޑު އިހުތިޖާޖެއް ކޮށްފައެވެ. އެ ރޭ ވެސް ކޯޓުން އެ މައްސަލައިގައި އަމުރެއް ނެރެދިން ނަމަވެސް އޭގެ އިބާރާތް އޮތީ އެމައްސަލައިގައި ޝަރީއަތަށް ޖަވާބުދާރީވުމަށް ކޮށްފައިވާ އަމުރެއްގެ ގޮތުގަ އެވެ. 

އޭގެ ފަހުން އެ ރަށު ރައްޔިތުން ނުކުމެ، ރަށުގެ ނެރު މަތީ ހުރަހަށް ދޯނިތައް އަޅައި ނެރު ބަންދު ކުރި އެވެ. އަދި ކައުންސިލު ދޮރުމައްޗަށް "ރ ސަފާރީ" ޖަހާފައި އޮތް ބޮއްކުރައެއް ވެސް އެހެލި އެވެ.

މި މައްސަލައިގައި ރަށުގެ ރައްޔިތުން ކުރަމުން އައި އިހްތިޖާޖު މެދު ކަނޑާލީ އެރަށަށް އެސްއޯ ފުލުހުން އެރުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.