އެމްޓީޑީގެ އެ ވޯކްޝޮޕްތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ޕާޓީން ޓްވިޓާ މެދުވެރިކޮށްް ބުނެފައި ވެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިޔާސީ ޕާޓީ، އެމްޓީޑީން ލީޑަރުން އުފައްދާ ވޯކްޝޮޕެއް ބާއްވައިފި އެވެ.
އިއްޔެ ބޭއްވި އެ ވޯކްޝޮޕަކީ "ޕޮލިޓިކަލް އެކްޓިވިޒަމް އެންޑް ލީޑަޝިޕް ވޯކްޝޮޕް" ގެ ނަމުގައި ބޭއްވި ވޯކްޝޮޕެކެވެ.
އެމްޓީޑީން ބުނެފައިވާ ގޮތުގައި މާލޭގެ ޝީ ބިލްޑިންގުގައި އިއްޔެ އެ ޕާޓީން ބޭއްވި ވޯކްޝޮޕަކީ ތަމްރީނާއި ތަރައްގީގެ ތެރެއިން ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން އުފެއްދުމުގެ ހާއްސަ މަސައްކަތެއް ކަމަށާއި މި ވޯކްޝޮޕްގެ ތެރެއިން ސިޔާސީ ދާއިރާ އަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހުޅުވައި ދާނެ ކަމަށެވެ.
އެމްޓީޑީގެ އެ ވޯކްޝޮޕްތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ޕާޓީން ޓްވިޓާ މެދުވެރިކޮށްް ބުނެފައި ވެއެވެ.