ޖިންސީ ގޯނާގެ މައްސަލަ ޓްރަމްޕް މައްޗަށް ސާބިތުކޮށްފި

މި މައްސަލަ ނިންމި އިރު ރައީސް ޓްރަމްޕާ ދެކޮޅަށް ޖިނާއީ މައްސަލަތަކެއްވެސް އުފުލާފައި ވެއެވެ. އޭގެ ތެރޭގައި އެއީ 2016 ގައި ޕޯން ސްޓާރަކަށް ރިޝްވަތުދީ ގުޅުމެއް ސިއްރު ކުރަން އުޅުއްވި މައްސަލައެއް ވެސް ހިމެނެ އެވެ.

ޓްރަމްގެ މައްޗަށް ދައުވާ ކުރީ ލިޔުންތެރިޔާ ޖީން ކެރޯލް ކާމިޔާބީއާއެކު ހިނިތުން ވެފައި

ޖީން ކެރޮލް އަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ ހުކުމުގައި ފަސް މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ އެވެ. 

ޖީން ކެރޯލް އަކީ އެލް މެގަޒިންގެ ލިޔުންތެރިއެކެވެ. މި ހުކުމް އައި މިއީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. - ހުކުމުގައި ބުނާ ގޮތުން ކެރޮލް ރޭޕެއް ނުކުރެ އެވެ. ނަމަވެސް ޖިންސީ ގޯނާ ކޮށްފައި ވެއެވެ.

އެމެރިކާގެ މެންހަޓަން ފެޑެރަލް ކޯޓުގައި ނިންމި މައްސަލާގައި ރައީސް ޓްރަމްޕްގެ މައްޗަށް ދެ ކުށެއް ސާބިތު ކުރި އެވެ. އެއް ކުށަކީ ކެރޮލް އަށް ޖިންސީ ގޯނާ ކުރުމެވެ. ދެން ސާބިތު ކުރީ ކެރޯލްގެ އަބުރު ނަގާލުމުގެ ކުށެވެ. އެ ދެ ކުށުގެ ބަދަލަށް ރައީސް ޓްރަމްޕްގެ ފަރާތްޕުޅުން ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.

ކެރޯލް ރައީސް ޓްރަމްޕާ ދެކޮޅަށް ދައުވާއެއް ކުރީ 1990 އޮގެ އަހަރުތަކުގައި ނިއުޔޯކްގެ ސްޕާސްޓޯރެއްގެ ތެރޭގައި އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެވެ. 

ޓްރަމްޕްގެ ވަކީލުން ވިދާޅުވީ މި މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އަދި ހުކުމާ ގުޅިގެން ޓްރަމްޕް ވިދާޅުވަނީ ކެރޯލް ދެނެވަޑައިގަންނަވާ މީހެއް ނޫން ކަމަށެވެ. އަނެއްކޮޅުން ކެރޮލް ބުނީ އޭނާ އެ ދައުވާ ކުރީ އޭނާގެ އަބުރަށް ލިބުނު ހުތުރުން ސަލާމަތް ވާށެވެ. ކޯޓްގެ ހުކުމަކީ އޭނާއަށް އެކަނި ލިބުނު ކާމިޔާބެއް ނޫން ކަމަށެވެ.

މި މައްސަލަ ނިންމި އިރު ރައީސް ޓްރަމްޕާ ދެކޮޅަށް ޖިނާއީ މައްސަލަތަކެއްވެސް އުފުލާފައި ވެއެވެ. އޭގެ ތެރޭގައި އެއީ 2016 ގައި ޕޯން ސްޓާރަކަށް ރިޝްވަތުދީ ގުޅުމެއް ސިއްރު ކުރަން އުޅުއްވި މައްސަލައެއް ވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.