ޕެންޝަން ފައިސާން ހައްޖަށް ގެންދަން ހުޅުވާލައި

ޕެންޝަނުގެ ފައިސާއިން ހައްޖަށް މީހުން ގެންދާން ޕެންޝަން އޮފީހުން ހުޅުވާލި އިރު އަމިއްލަ ތިން ކުންފުނީގެ ކޯޓާތައްތަކަށް ބޮޑު އަގުގައި މީހުން އަތުން ފައިސާ ނަގައި ނިންމާފައިވާ ކަމަށް އަޑުތައް ފެތުރި އެ ޝަކުވާ ހުށަހަޅާފައިވެއެވެ.

ރާއްޖެއިން ހައްޖަށް ދިޔަ ގްރޫޕެއް: ޕެންޝަން ފައިސާއިން ހައްޖަށް މީހުން ގެންދާން ވަނީ ހުޅުވާލާފައި

ފެންޝަން ފަންޑުގެ ފައިސާއިން މީހުން ހައްޖަށް ގެންދަން ފުރުސަތު ޕެންޝަން އޮފީހުން ހުޅުވާލައިފި އެވެ. 

ހުއްދަ އޮތް ތިން ޖަމާ އަތާއި އަގުތައް

  • 1.އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް: 75،000 ރުފިޔާ
  • 2.އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ: 75،250 ރުފިޔާ
  • 3.ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް: 75،465 ރުފިޔާ

ޕެންޝަން އޮފީހުން ބުނީ ފަރުލު ހައްޖު / ފުރަތަމަ ހައްޖު ވާން ޕެންޝަން ސްކީމުން ފައިސާ ދޫކުރާ ގަވައިދުގެ ތެރެއިން މި އަހަރު މީހުން ހައްޖަށް ގެންދަން ޝައުގުވެރިވާ ފަރާތްތައް ކުރިމަތިލާން ހުޅުވާލާ ކަމަށެވެ. 

އެ ގަވައިދުގެ ދަށުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ފޯރު ކޮށްދެވޭނީ އެ އޮފީހާއެކު އެއްބަސްވުން ގާއިމްކޮށްފައިވާ، ހައްޖަށް ގެންދިއުމުގެ ހުއްދަ އޮތް ކުންފުނި ތަކަށެވެ.


މި އަހަރު ރާއްޖޭން ހައްޖަށް ގެންދަން ހުއްދަ ދީފައި ވަނީ 75،465ރ. އަށް މީހުން ހައްޖަށް ގެންގޮސްދޭ އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ އާއި 75،250ރ. އަށްް ހައްޖަށް ގެންގޮސްދޭ ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑާއި 75،000ރ. އަށް ހައްޖަށް ގެންގޮސްދޭ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑެވެ. ދެން ދައުލަތުގެ ހައްޖު ކޯޕަރޭޝަނެވެެ. 

ރާއްޖެއަށް ސައުދީން މި އަހަރަށް ދީފައި ވަނީ 1000 ހައްޖު ކޯޓާ އެވެ. ހުއްދަ ދިން އަމިއްލަ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ އެވެ. އެހެން ކޯޓާތަށް ދާނީ ހައްޖު ކޯޕަރޭޝަނަށެވެ.

ޕެންޝަން އޮފީހުން ބުނާ ގޮތުން ހައްޖަށް މީހުން ގެންދަން ހުއްދަ ދިން ކުންފުނިތަކުގެ ތެރެއިން ޕެންޝަން ފަންޑުން މީހުން ހައްޖަށް ގެންދަން ބޭނުންވާ ކުންފުނިތަކުން އެ އޮފީހާ އެކު އެއްބަސްވުން ހަދަން ޝައުގުވެރިވާނަމަ އަންނަ އާދީއްތަ ދުވަހުގެ މެންދުރު ކުރިން އެކަމަށް  އެދޭން ޖެހޭނެ އެވެ. 

ފަރުލު ހައްޖު އަދާ ކުރަން ޕެންޝަނުގެ ފައިސާ ހަރަދު ކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ބަދަލު ގެނެސް ގަވައިދު އެކުލަވައިލީ 2019 ވަނަ އަހަރު އެވެ. އެ ގަވައިދުގެ ތެރެއިން ހައްޖު ވާން ޕެންޝަނުން ފައިސާ ދޫކުރާނީ ފުރަތަމަ ފަހަރަށް އެ އަޅުކަން އަދާ ކުރާށެވެ. އެހެން ނަމަވެސް އެއީ އެމީހެއްގެ ފަންޑުގައި މަދުވެގެން 336،000ރ. ހުރި ނަމަ އެވެ.

ޕެންޝަނުގެ ފައިސާއިން މިއަހަރު ހައްޖަށް މީހުން ގެންދާން ޝައުވެރިވާ ފަރާތްތަކަށް ޕެންޝަން އޮފީހުން ހުޅުވާލި އިރު އަމިއްލަ ތިން ކުންފުނީގެ ކޯޓާތައްތަކަށް ބޮޑު އަގުގައި މީހުން އަތުން ފައިސާ ނަގައި ނިންމާފައިވާ ކަމަށް އަޑުތައް ފެތުރި އެފަދަ ބައެއް ޝަކުވާ އިސްލާމިކް މިނިސްޓަރީއަށް ހުށަހަޅާފައި ވެއެވެ. ބައެއް ކުންފުނިތަކުން ބޮލަކަށް 150،000ރ. ނަގާ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.