ހަތިޔާރު ޖަމާކޮށްދީ އީޔޫގެ މެންބަރުކަން އަވަސް ކުރަން ޒެލެންސްކީ ގޮވާލައްވައިފި

ޔޫކްރެއިނުން އޮންނަނީ އީޔޫއާ ގުޅެން ހުށަހަޅާފަ އެވެ. އީޔޫން ވެސް ވަނީ ޔޫކްރެއިނަކީ ކެނޑިޑޭޓެއްގެ ގޮތު ބަލައިގަނެ މެންބަރަކަށް ވާން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން އަންގާފަ އެވެ.

އީޔޫ ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑެ ލަޔެން އާއި ޔުކްރޭނުގެ ރައީސް ޒެލެންސްކީ

އީޔޫގެ މެންބަރު ކަން ހޯދަން ޔޫކްރޭނުން ގަދަ އަޅައި ކުރާ މަސައްކަތްތައް ހަލުއި ކުރުމާއެކު ޔޫކްރޭނަށް އިތުރު ހަތިޔާރާއި އަސްކަރީ އެހީ ފޯރު ކޮށްދިނުމަށާއި އެ ގައުމުން އުފައްދާ ގޮވާން އެކްސްޕޯޓް ކުރަން އޮތް ހުރަސްތައް ނައްތައިލައި ދޭން ޔުކްރޭނުގެ ރައީސް ލޮޑްމީރު ޒެލެންސްކީ އީޔޫއަށް ގޮވާ ލައްވައިފި އެވެ. 

އީޔޫގެ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެ ރައިސް ޒެލެންކީ ވާހަކަ ތަކުރާރު ކުރެއްވީ އީޔޫ ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑެ ލަޔެން ޔޫކްރެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެ އެވެ. 

ޔޫކްރެއިނުން އޮންނަނީ އީޔޫއާ ގުޅެން ހުށަހަޅާފަ އެވެ. އީޔޫން ވެސް ވަނީ ޔޫކްރެއިނަކީ ކެނޑިޑޭޓެއްގެ ގޮތު ބަލައިގަނެ މެންބަރަކަށް ވާން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން އަންގާފަ އެވެ.

ރައީސް ޒެލެންސްކީ ވިދާޅުވީ އީޔޫގެ މެންބަރު ކަން ޔުކްރޭނަށް ދިނުން އަވަސްކޮށް ރަނގަޅު ނިންމުމެއް ގެންނަން ޖެހޭ ކަމަށާއި މިހާރުވެސް ލަސްވެފައިވާ ކަމަށެވެ. 

ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނު އިސްތިގުލާލާއި މިނިވަންކަން ދިފާއު ކުރުމުގައި އޮތް އެ ގައުމުގެ އަސްކަރިއްޔާއަށް ހަތިޔާރު ބޭނުންވެފައިވާ ކަމަށެވެ. ޒަމާނީ ހަތިޔާރު ޔުކްރޭނަށް ފޯރުކޮށްދޭން އީޔޫގެ ގައުމުގެ ތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެ މަޝްވަރާތައް ވޮންޑެ ލަޔެންއާއެކު ކުރައްވާފައި ވެސް ވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.