މަންޑޭގެ ބަޔާން: ކޭޕާކު މައްސަލާގައި އޮޅުވާލަނީ ޗައިނާ ޕާޓްނަރު

ލޯކަލް އެޖެންޓްގެ ގޮތުން ހަންބޯ މޯލްޑިވްސްގެ 95 ޕަސެންޓު ހިއްސާދާރު، ޖިން ޝީ ހޫގެ އެކައުންޓެންޓުން އަބަދުވެސް ރާއްޖޭގައި ތިބި ކަމަށާއި އެއީ ހެކި ހުރި ކަންކަން ކަމަށް މަންޑޭގެ ބަޔާނުގައި ވެއެވެ.

ހަސަން މަމްދޫދު (މަންޑޭ)

ހަމްބޯ ކޮރެއާއިން ހުޅުމާލޭގައި އިމާރާތްކޮށް ފިނިޝިން މަސައްކަތުގައި އޮތް ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދައި އޮޅުވާލާފައި ނުވާނެ ކަމަށާއި އެފަދަ އަމަލުތަކެއް ހިންގާފައި ވަނީ އެ ކުންފުނީގެ ޗައިނާ ޕާޓްނަރު ކަމަށް ތުހުމަތަކާއެކު ޕާސްޕޯޓް ހިފަހައްޓާފައިވާ ހަސަން މަމްދޫހު (މަންޑޭ) ބުނެފި އެވެ.

މަންޑޭގެ ފަރާތުން މި މައްސަލާގައި މިރޭ ބަޔާނެއް ނެރެފައި ވެއެވެ. އޭގައި ބުނަނީ ކޭޕާކު ޕްރޮޖެކްޓުގެ މަސައްކަތް ކުރަނީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފެއްދި ހަންބޯ މޯލްޑިވްސްއިން ކަމަށާއި އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާ އޮންނަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޖިން ޝީ ހޫގެ އަތުގައި ކަމަށެވެ. 

މަންޑޭގެ ނެރުނު ބަޔާނުގައި ހަންބޯ މޯލްޑިވްސްގެ އެމްޑީގެ މަގާމުގައި ހުރި ޗައިނާގެ ޖިން ޝީހޫ މަސައްކަތް ކުރަމުން ދަނީ މަންޑޭގެ އަބުރު ކަތިލަން ކަމަށާއި ރޭވުމެއްގެ ތެރެއިން ޖިން ޝީހޫ މަސައްކަތް ކުރީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާއާއެކު ރާއްޖޭން ފަލަން ކަމަށާއި މަންޑޭގެ އަބުރު ކަތިލަނީ އެކަން ނުވުމުން ކަމަށެވެ. 

ހަންބޯ މޯލްޑިވްސް އަކީ ކޭޕާކް މަސައްކަތުގެ ލޯކަލް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާން ހެދި ކުންފުންޏެއް ކަމަށާއި މުޅި ޕްރޮޖެކްޓްގެ ވެރިފަރާތް ކަމަށްވާ ހަންބޯ ކޮރެއާއަށް ލިބިދޭ ބާރުތަކުން ބައެއް ވަގުތީގޮތުން އެ ކުންފުނިން ދީފައި އޮތީ ލޯކަލް އެޖެންޓަށް ކަމަށާއި އެ ބާރުތަކުގެ ތެރޭގައި ފުލެޓުތަކަށް ލިބޭ ފައިސާ ބަލައިގަތުން އޮތް ނަމަވެސް އެެއީ ލޯކަލް އެޖެންޓުގެ ފައިސާ ނޫން ކަމަށެވެ. 

އަދި ބުނެފައި ވަނީ ލޯކަލް އެޖެންޓްގެ ގޮތުން ހަންބޯ މޯލްޑިވްސްގެ 95 ޕަސެންޓު ހިއްސާދާރު، ޖިން ޝީ ހޫގެ އެކައުންޓެންޓުން އަބަދުވެސް ރާއްޖޭގައި ތިބި ކަމަށާއި އެއީ ހެކި ހުރި ކަންކަން ކަމަށެވެ.

ޗައިނާގެ ޖިން ޝީހޫ

ކޭޕާކް މައްސަލާގައި މަންޑޭގެ މައްޗަށް ތުހުމަތައް ކުރާ އިރު އޭނާވެސް އެފަދަ ތުހުމަތުތަކެއް ޖިން ޝީހޫގެ މައްޗަށް ކޮށްފަ އެވެ. މަންޑޭގެ ބަޔާން ގޮތުން ހަންބޯ މޯލްޑިވްސްގެ 95 ޕަސެންޓު ހިއްސާއަށް ޖިން ޝީހޫ ދައްކަން ކަމަށް އެއްބަސްވި ފައިސާ ނުދައްކަ އެވެ. އަދި ކުންފުނީގެ ޝެއާ ސްޓްރަކްޗާއަށް ބަދަލުގެނެސް އިތުރު ހިއްސާދާރެއް އިތުރުކޮށް ކުންފުނީގެ ބޯޑުގެ ކޯރަމް ބަދަލުކޮށް މަންޑޭ ކުންފުނިން ދުރުކުރަން މަސައްކަތް ކޮށްފައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ކޭޕާކަށް ޖިން ޝީހޫގެ އެއްވެސް ހަރަދެއް ނުކުރެ އެވެ. ކޭޕާކް އެޅީ ފްލެޓް ގާތް މީހުންގެ ފައިސާއިން ކަމަށާއި އެހެން ގިނަ ކަންކަމަށް މަމްދޫހުގެ މަސައްކަތުން ހޯދި ފައިސާއިން ހަރުދުކޮށްފައިވާ ކަމަށާއި މި މައްސަލައިގެ ތަހުގީގުގައި ދައުލަތުގެ ހުރިހާ އިދާރާއަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.