އާމްދަނީގެ ތިން މަހުގެ ގްރާފް: ޓޫރިޒަމް ފީތަކެއް ނުލިބި އާމްދަނީއަށް ދެރައެއް

ޓެކްސް ނޫން ގޮތް ގޮތުން ލިބުނު އާމްދަނީ ދަަށްވެފައި ވެއެވެ. އެހެން އޮތް ނަމަވެސް ޖުމުލަ އާމްދަނީން ވަނީ 21 ޕަސެންޓް އިތުރުވުމެއް އައިސްފަ އެވެ.

ބޮޑު ކުރި ޖީއެސްޓީ ނަގަން ފެށީ މިދިއަ ޖެނުއަރީ މަހު އެވެ. މި މަތި ކުރުމާއެކު މި އަހަރުގެ ފުރަތަމަ ތިން މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު މަތިވެފައިވާ ކަމަށް ތިން މަހުގެ އާމްދަނީ ގްރާފުން ދައްކަ އެވެ. އެހެން ނަމަވެސް މިއީ ޓެކުހުގެ އާމްދަނީން އައި ކުރިއެރުމެކެވެ. 

އެއާހިލާފަށް ޓެކްސް ނޫން ގޮތްގޮތުން ލިބެން ޖެހޭ އާމްދަނީގެ ބޮޑުބައެއް ނުލިބިގެން އާމްދަނީ ދަަށްވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ. މި ހިސާބުތަކުގައި މުޅީން ވެސް ހިމެނެނީ ޓޫރިޒަމާ ގުޅުންހުރި ފީތަކެކެވެ. 

ޓެކްސް އިދާރާގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ފުރަތަމަ ތިން މަހު ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 950.76 މިލިއަން ރުފިޔާ އެވެ. މިއީ 2021 ގެ ފުރަތަމަ ތިން މަސް ދުވަހާ އަޅާ ކިޔާނަމަ 21 ޕަސެންޓު ނުވަތަ 253.48 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. 

މި ކުއާޓަރުގައި ޓެކްސް ނޫން އާމްދަނީ ދަށްވެފައި ވަނީ މައިގަނޑު ސަބަބަކީ ޓޫރިޒަމް ބިމުކުލި ދަށްވުމެވެ. އަދި ޓޫރިޒަމް ބިމު ކުލި އިތުރު ކުރުމުން އާމްދަނީ ނުލިބުމެވެ. އަދި ބަންދު ދުވަސްތަކެއް އައުމުން ފީ ދެއްކުމުގެ މުއްދަތު އިތުރު ކުރުމާއެކު މި މުއްދަތުގައި ފީގެ އަދަދުތަކެއް ލިބިފައި ނެތުމެވެ. 

މީގެ އިތުރުން ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ދަަށްވުމުގެ އަނެއް ސަބަބަކީ އެއްގަމު ދަތުރުފަތުރުގެ އާ ގަވާއިދުގެ ދަށުން އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ ފީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަލައިގަންނަން ފެށުމެވެ. 

ފީގެ އާމްދަނީން ބައެއް ގެއްލުމުނު ނަމަވެސް މި ކުއާޓަރުގައި ލިބުނު އަދަދަކީ ވެސް ކުރިން ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 56 ޕަސެންޓް އިތުރު އަދަދެކެވެ.

ޖުމުލަ އާމްދަނީ 21 ޕަސެންޓް އިތުރު

ފުރަތަމަ ތިން މަހު އާމްދަނީގެ ގޮތުގައި ފީ އާއި އާމްދަނީއެއްކޮށް ބަލާނަމަ ޖުމުލަ 7.33 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު ލިބިފައި ވަނީ 6.04 ބިލިއަން ރުފިޔާ އެވެ. އާމްދަނީ 21.4 ޕަސެންޓު ވަނީ ދަށްވެފަ އެވެ. ޖުމުލަ އާމްދަނީއާއެކު އަންދާޒާ ކުރި ޓެކުހުގެ އާމްދަނީ ވެސް ވަނީ މަތިވެފަ އެވެ. 

ޓެކުހުގެ އާމްދަނީއަށް ޖުމުލަ 6.38 ބިލިއަން ލިބި 32 ޕަސެންޓް އިތުރުވި އެވެ. ޓެކުހުގެ އާމްދަނީ އަންދާޒާއަށްވުރެ ހަތް ޕަސެންޓް އިތުރެވެ. ކުރިން އަންދާޒާ ކުރީ އަންދާޒާ ކުރި ޓެކުހުގެ އާމްދަނީން 5.97 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. 

އާމްދަނީ ލިބުނު ފަސް ދާއިރާ

  •  ޖީއެސްޓީ -- 4.1 ބިލިއަން (% 31.6 އިތުރު)
  •  އިންކަމް ޓެކްސް -- 1.6 ބިލިއަން (% 36.8 އިތުރު)
  •  ޓޫރިޒަމް ބިމު ކުލި -- 407 މިލިއަން (%31 ދަށް)
  •  ގްރީން ޓެކްސް -- 298 މިލިއަން (%2 އިތުރު)
  •  އެއާޕޯޓް ޑިވްލޮޕްމަންޓް ފީ -- 602 މިލިއަން (% 40.9 އިތުރު)

ފުރަތަމަ ތިން މަހު ޑޮލަރުން ޖުމުލަ 289.21 މިލިއަން ޑޮލަރު އާމްދަނީގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ 2022 ވަނަ އަހަރު 249 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޑޮލަރުގެ އާމްދަނީ ވަނީ  15.9 ޕަސެންޓުގެ އިތުރު ވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.