އިޒުރޭލުން ހަމަލާދީ ފަލަސްތީނުން 12 މީހަކު މަރާލައިފި

އިސްލާމިކް ޖިހާދުގެ ތަރުޖަމާނު ތާރިގް ސެލްމީ ވިދާޅުވި ގޮތުގައި ބޮން ގޮއްވުންތަކާ ކުރިމަތިލާނީ ވެސް ބޮމުގެ ހަމަލާއަކުން ކަމަށާއި ކޮންމެ ހަމަލާއާ ކުރިމަތިލާނީ ހަމަލާއަކުން ކަމަށެވެ.

އިޒްރޭލުން ރޭ ދަންވަރު ދިން ވައިގެ ހަމަލާތަކުގައި ބޮން އެޅުމުން އިމާރާތްތަކެއްގައި ރޯވެ އަނދަނީ -- ރޮއިޓާސް

ޔަހޫދީ އިޒްރޭލުން ފަލަސްތީންގެ ގާޒާއަށް ހަމަލާތައް ދީ ޕަލަސްތީންގެ 12 މީހަކު މަރައި ޝަހީދުކޮށްފި އެވެ.   

ވައިގެ މަގުން ގާޒާއަށް ހަމަލާތައް ދީފައި ވަނީ ރޭގެ ދަންވަރު އެވެ. ގާޒާގެ ހަންޔޫނިސްއަށް ދިން ބޮމުގެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވި އިރު އެތައް ބަޔަކު ޒަހަމްވެފައި ވެސް ވެއެވެ. މަރުވި މީހުނާއި ޒަހަމްވި މީހުންގެ ތެރޭގައި ވެސް ކުޑަކުދީންނާއި އަންހެނުން ހިމެނެ އެވެ.  

ހަމަލާތަކުގައި ބައެއް އިމާރާތްތަކާއި ގޭގެ އާއި ތަންތަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވިއެވެ. ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސް ތިން ކޮމާންޑަރަކާއި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން ހަ މީހަކު މަރުވެފައި ވެއެވެ. ގާޒާގެ އެހެން ސިއްހީ އޮފިޝަލަކު ވިދާޅުވީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި 12 މީހުން މަރުވެ 20 މީހުން ޒަހަމް ވެފައިވާ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ފަލަސްތީިނުގެ ހަނގުރާމަވެރި ޖަމާއަތް ހަމާސްގެ ކޮންޓްރޯލް އޮންނަ ބްލޮކޭޑްކަށާއި ދެވަނައަށް އެންމެ ބާރުގަދަ ހަތިޔާރު އެޅި ޖަމާއަތް ކަމަށްވާ އިސްލާމިކް ޖިހާދުން ބްލޮކޭޑެއް / ހިސޯރެއް ހަދާފައިވާ އައްސޭރިފަށުގެ ސަރަހައްދަކަށް އަމާޒުކޮށް ހަމަލާދީ އިސް ތިން ކޮމާންޑަރަކު މަރާލެވުނު ކަމަށެވެ.

އިޒްރޭލުގެ ހަމަލާދީ ފަލަސްތީނުގެ އިމާރާތެއްގައި ރޯކޮށްލާފައި

"އިޒްރޭލުގެ ރައްޔިތުންނަށް ގެއްލުންދޭ ކޮންމެ ޓެރަރިސްޓަކު ހިތާމަ ކުރަޖެހޭ ހިސާބަށް ގެންދާނަން" އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ވިންގުން ވަނީ އެ ތިން ކޮމާންޑަރުން މަރުވިކަން ކަށަވަރު ކޮށްދީފަ އެވެ. އެ ޖަމާއަތުން ހާމަ ކޮށްފައިވާ ގޮތުގައި މަރާލާފައިވާ ކޮމާންޑަރުންނަކީ ޖިހާދު ޣައްނަމް އާއި ޚަލީލް އަލް ބަހުތީނީ އަދި ތާރިގް އިޒްލްދީނެވެ.

"އަޅުގަނޑުމެންގެ މަގާމުތައް ދޫކޮށް ނުލާނަން އަދި މާތްالله އިރާދަކުރެއްވިއްޔާ މި މަސައްކަތް ދެމިއޮންނާނެ" އިސްލާމިކް ޖިހާދުގެ އޮފިޝަލަކޔ ވިދާޅުވި އެވެ.

އިސްލާމިކް ޖިހާދުގެ ތަރުޖަމާނު ތާރިގް ސެލްމީ ވިދާޅުވި ގޮތުގައި ބޮން ގޮއްވުންތަކާ ކުރިމަތިލާނީ ވެސް ބޮމުގެ ހަމަލާއަކުން ކަމަށާއި ކޮންމެ ހަމަލާއާ ކުރިމަތިލާނީ ހަމަލާއަކުން ކަމަށެވެ. އަދި އިޒްރޭލުގެ ޖަރީމާތަކަށް އަދަބު ނުލިބި ފާއިތު ވެގެން ނުދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.