މޯލްޑިވިއަންގެ ދަރަވަންދޫ ދަތުރުތައް ޖޫން 15 އިގައި ފަށަނީ

އައިލެންޑް އޭވިއޭޝަނުން ބުނީ ދަރަވަންދޫ ދަތުރުތައް މޯލްޑިވިއަން އިން ފެށުމާއެކު ބ. އަތޮޅަށް އޮންނަ ދަތުރުފަތުރު ކުރުމުގައި ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށެވެ.

މޯލްޑިވިއަންގެ ބޯޓެއް: ދަރަވަންދޫ ދަތުރައް ފަށަނީ ގިނަ ދުވަސްތަކަކަށްފަހު

އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ދަތުރުތައް ދަރަވަންދޫއަށް ފަށާނެ އެވެ.

މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސް) އިން ބުނީ ދިގު މުއްދަތަކަށް ފަހު ދަރަވަންދޫ އެއާޕޯޓަށް ކުރާ ދަތުރުރައް އަލުން  ފަށާއިރު ދުވާލަކު އެއް ފްލައިޓް އަޅަން ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާއެކު އިއްޔެއިން ފެށިގެން ދަރަވަންދޫ ފްލައިޓްތަކަށް މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕާއި ކޯލްސެންޓަރު މެދުވެރިކޮށް ޓިކެޓިން އެޖެންޓުން މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ.

އައިއޭއެސް އިން ބުނީ ދަރަވަންދޫ ދަތުރުތައް މޯލްޑިވިއަން އިން ފެށުމާއެކު ބ. އަތޮޅަށް އޮންނަ ދަތުރުފަތުރު ކުރުމުގައި ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށެވެ. 

  •  ދުރާލައި ޓިކެޓް ނެގުމުން 5 ޕަސެމންޓާ 15 ޕަސެންޓްގެ ޑިސްކައުންޓް
  •  ދަރަވަންދޫއަށް އެއްކޮޅު ޓިކެޓުގެ އަގަކީ 1125 ރުފިޔާ
  •  ދުރާލައި ޓިކެޓް ނަގާނަމަ 859 ރުފިޔާއަށް ޓިކެޓް ލިބޭނެ

 މޯލްޑިވިއަނުން އެ މީހުންގެ ދަރަވަންދޫ ދަތުރުތައް ހުއްޓާލީ 2019 ވަނަ އަހަރުއެވެ. އަލުން ފަށާއިރު ދަރަވަންދޫ އެއާޕޯޓަށް ފްލައިޓް އަޅަނީ ފްލައިމީއާއި މަންޓާ އެއާ އިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.