ސިރިއާ އަލުން އަރަބި ލީގަށް، އެމެރިކާ ތުންފިއްތައިގެން

ޕްރިންސް މުހައްމަދު / ބޮޑުވަޒީރު ބަދަލު ކުރައްވާ ސައުދީ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް-ސައުދަށް އަންގާފައި އޮތީ ސީރިއާ ގޮވައިގެން އަލުން މައިދާނަށް ނުކުތުމަށެވެ.

ރައީސް ބައްޝާރުލް އަސަދު އާއި ސައުދީ ހާރިޖީ ވަޒީރު: މުހިންމު ދައުރު އަދާ ކުރީ ސައުދީ

ދިހަ އަހަރު ކުރީން ފެށި ސީރިއާ ހަނގުރާމައި ގައި މަރުވެފައިވާ މީހުންގެ އަދަދު ބައި މިލިޔަނަށް އަރާއިރު 23 މިލިޔަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، ރެފިޔުޖީންނަށް ވެފައި ވެއެވެ. ސީރިއާ ހަނގުރާމަ ފެށީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅު ހަރަކާތްތަކެއް ހިނގައިގަނެ އާންމުން މުޒާހަރާ ކުރާން ފެށުމުން އަސްކަރިއްޔާއިން ބާރުގެ ބޭނުންކޮށް އެކަށީގެން ނުވާ ހަތިޔާރުން ހަމަލާ ދޭން ފެށުމުންނެވެ. 

އޭގެ ފަހުން ސީރިއާ އޮތީ އަރިބި ދުނިޔެއިން ވެސް އެކަހެރިކޮށް ބާކީ ކޮށްފަ އެވެ. އަދި އެމެރިކާ އާއި ހުޅަނގުގެ އަތްބާރު އެޅުމާއެކު ދުނިޔޭން މުޅީން "ވަކިކޮށްލާފަ" އެވެ. 

ނަމަވެސް މިހާރު ވަނީ މެދުއިރުމަތީގެ ވައި ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެމެރިކާއިން ކޮންޓްރޯ ކުރާ ބާރަށް ވުރެ ޗައިނާއިން މެދު އިރުމަތީގައި ބާރު ކޮންޓްރޯލް ކުރާ މިންވަރު މިހާރު ކުޑައެއް ނޫނެވެ. އަނެއްކޮޅު ސައުދީ ވަނީ ވަރަށް ބޮޑަށް ލީޑަރެއްގެ ދައުރު އަދާ ކުރާން ފަށާފަ އެވެ. 

މި ބަދަލުތަލުގެ ތެރެއިން ސީރިއާ އެކަހެރިކޮށްފައި 10 އަހަރު ދުވަހު ބޭއްވުމަށް ފަހު އަލުން އަރަބި ލީގުން ސީރިއާއަށް ފުރުސަތެއް ދީފި އެވެ. މިހާރު ފާސް ކޮށްފައި ވަނީ ސީރިއާއަށް އަލުން މެންބަރުކަން ދޭށެވެ. ގައުމު ތަކުން މި ފާސް ކުރުން  ގެނައީ މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި އަރަބި ލީގުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގަ އެވެ. އެ ބަދަލުވުމަށް ސީރިއާގެ ހާރިޖީ ވަޒީރު ވެސް ގެންދިޔަ އެވެ. އެކަމަކު އަރަބި ލީގުގެ މުހިން މި މަސައްކަތުގެ އަޑީގައި އޮތީ ސައުދީ ނަމަވެސް ބޭރަށް ނެރެފައި ވަނީ ޖޯޑަން / އުރުދުނުންނެވެ.

އަރަބި ލީގްގެ ގައުމުތަކަށްް ކުރިއަށް ނުކުމެ އަލުން ސީރިއާއަށް ދައުރެއް ހޯދައި ރީ އިންސްޓޭޓް ކުރި ނަމަވެސް އެމެރިކާއިން އެކަމާ ނުރުހެ އެވެ. އަދި ބުނަމުން ގެންދަނީ އެމެރިކާއިން ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ބަލައި ނުގަންނާނެ ކަމަށެވެ. އެމެރިކާ އެންމެ ބޮޑަށް ނުރިފައި ވަނީ ޗައިނާގެ ދައުރެއް މި މަސައްކަތުގައި އޮތް ކަމަށް ބަލައިގެނެވެ. 

އަރަބި ލީގުގެ ހާރިޖީ ވަޒީރުންގެ ބަދަލުވުން: އަރަބި ލީގުގައި ސީރިއާ ބައިވެރި ކުރަން ވަނީ ނިންމާފައި

ސައުދީ އިސްވެ އޮވެގެން މި ނިންމުން ގެނައި އިރު މި މަހުގެ 19 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި އަރަބި ލީގުގެ ސަމިޓެއް / އަރަބި ސަމިޓް ބާއްވާނެ އެވެ. ސައުދީ އިސްވެ ފަށާފައިވާ ޕްރޮގްރާމެއްގެ ތެރެއިން އަރަބި ގައުމުތަކުން ގެންދަނީ ސީރިއާއާއެކު ކަނޑާލާފައި އޮތް ގުޅުން އަލުން ބަދަހި ކުރަމުންނެވެ. އެ ގައުމުތުން ސީރިއާއާ ފެއަށް ޖެހުނީ 2011 ވަނަ އަހަރު ސީރިއާގައި ފެށި ދާހިލީ ހަނގުރާމައާ ގުޅިގެންނެވެ.

އެންމެ ފުރަތރަމައިން ސޫރިޔާއާ ގުޅުން ބަދަހި ކުރުމަށް އެންމެ ބޮޑުކޮށް ދެކޮޅު ހަދާފާއި ވަނީ ސައުދީ އެވެ. އެ ނިންމުން ޕްރިންސް މުހައްމަދު / ބޮޑުވަޒީރު ބަދަލު ކުރައްވާ ސައުދީ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް-ސައުދަށް އަންގާފައި އޮތީ ސީރިއާ ގޮވައިގެން އަލުން މައިދާނަށް ނުކުތުމަށެވެ. ގައުމަކުން ކިޔާ އެއްޗެއްގެ އަޑު ނޭއްސެވުމަށެވެ. އެއީ އެމެރިކާއަށް ޖެއްސެވި ގޮނެއް ކަމަށް ބެލެވެ އެވެ. 

އެ ގޮތުން ފައިސަލް ވަނީ ސީރިއާގެ ވެރިރަށް ދިމިޝްގަށް ވަޑައިގެން ރައީސް ބައްޝާރުލް އަސަދާ ބައްދަލު ކުރައްވާ ވަނީ ނުތަނަވަސްކަން ފޫދުއްވަލާފަ އެވެ. އަދި ދެ ގައުމުގެ އެމްބަސީތައް ހުޅުވައި ސީދާ ދަތުރުތައް ފެށުމަށް ވެސް ނިންމެވި އެވެ. އޭގެ ފަހުން މިހާރު ސައުދީއާއެކު ކޮނޑާއި ކޮނޑު ޖައްސައިގެން އޮތް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވެސް ވަނީ ދިމިޝްގަށް ވަޑައިގެން ރައީސް ބައްޝާރުލް އަސަދާ ބައްދަލު ކުރައްވާފަ އެވެ. އެކަމާ އެމެރިކާ ވަނީ ވަރަށް ބޮޑަށް ހާސްވެ ދަތްކުނޑި ވިކޭ ހިސާބަށް ގޮސްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.