އިޒްރޭލުން ފަލަސްތީނުގެ ސްކޫލެއް ތަޅާ ބިމާ ހަމަކޮށް މުދާ ފޭރިގެންފި

މަންޒަރު ދުށް އެހެން ބައެއް މީހުން ބުނެފައި ވަނީ އެ އިމާރާތް ތަޅައިލީ އެކަނި ނޫން ކަމަށާއި ސްކޫލްގައި ހުރި ތަކެތި ވެސް ފޭރިގެން ގެންގޮސްފައިވާ ކަމަށެވެ.

އިޒްރޭލުން ސިފައިން ތަޅާލި ސްކޫލަށް ދާ ދަރިވަރުންތަކެއް ހިތާމާގައި: މި ސްކޫލަށް 60 އެއްހާ ދަރިވަރުން ކިޔަވަން ދިޔަ

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިޒްރޭލުން ހިފައި ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގައި ހުރި ފަލަސްތީނުގެ ސްކޫލެއް އިއްޔެ ތަޅާ ބިމާ ހަމަ ކޮށްލައިފި އެވެ. އެ ސްކޫލު ތަޅާލައި ސުންނާފަތި ކޮށްްލުމާއެކު ޔޫރަޕިއަން ޔޫނިއަނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. 

އިޒްރޭލު އަސްކަރިއްޔާގެ ގޮތްޕެއް ކަމަށްވާ "ކޯގަޓް" އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބައިތުލްމަގުދިސް އާއި ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި ހުރި އެ އިމާރާތަކީ ގަވާއިދާ ހިލާފަށް ހަދާފައިވާ އިމާރާތެއް ކަމަށެވެ.

"އެތަނަށް ކިޔަވަން ނުވަތަ އެހެން ގޮތަކުން ޒިޔާރަތްކުރާ ކޮންމެ މީހެއްގެ ސަލާމަތަށް ނުރައްކާތެރި އިމާރާތެއް ކަމަށް އެތަން ފެނިފައިވޭ... މިހެންވެ އިޒްރޭލުގެ ކޯޓަކުން އެތަން ތަޅާލަން އަމުރު ކޮށްފައި އޮތް،" ކޯގަޓްގެ ބަޔާނުގައި ވެއެވެ. 

ޔޫރަޕިއަން ޔޫނިއަންގެ ފަލަސްތީނު ވަފުދުން ބުނެފައި ވަނީ، އިޒްރޭލުގެ އެ އަމަލުގެ ސަބަބުން ފަލަސްތީނުގެ ކިޔަވާ ކުދިންނަށް އަސަރު ކުރާނެ ކަމަށާއި ސްކޫލެއް ތަޅާލުން އެއީ ބިރުވެރި ކަމެއް ކަމަށެވެ. އެ ގޮތަށް ސްކޫލް ތަޅާލުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި މި އަމަލުގެ ސަބަބުން ފަލަސްތީނުގެ އާބާދީއަށް ތަކުލީފު އިތުރުވެ، މިހާރު ވެސް އޮތް ނުތަނަވަސްކަން ބޮޑު މާހައުލު އިތުރަށް ގޯސް ވެގެން ދާނެ ކަމަށެވެ. 

ކޯގަޓް އިން ބުނީ ސްކޫލް ތަޅާލުމުގެ ކަންކަން ތަންފީޒު ކުރުމުގެ ކުރިން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އެ އިމާރާތުގެ ސްޓްރަކްޗާގެ ހާލަތާ މެދު މަޝްވަރާ ކުރަން ކުރި އެތައް މަސައްކަތަކަށް އެ އިމާރާތުގެ ވެރިފަރާތުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

ދަރިވަރުންނާއި މަންޒަރު ދުށް މީހުން ބުނީ އެ ސްކޫލްގެ އިމާރާތް އެއް ދުވަހަކު ބަލައިލި އިރު ވަސް ވެސް ނެތް ކަމަށެވެ.

"ސްކޫލަށް ދިއުމަށް ތައްޔާރުވެ ސްކޫލަށް ދިއުމުން ސްކޫލެއް ނުފެނުނު!" ދަރިވަރު މުހައްމަދު އިބްރާހިމް ރޮއިޓާސްއަށް ކިޔައި ދިނެވެ. "އަޅުގަނޑުމެން ބޭނުން ވަނީ މިއަދު ސްކޫލެއް! އަޅުގަނޑުމެން ބޭނުންވަނީ ކިޔަވަން، އެމީހުން [އިޒްރޭލުގެ ބާރުތައް] ސްކޫލްތައް ތަޅައި ބިމާ ހަމަ ކުރަމުން ގެންދާނަމަ އަޅުގަނޑުމެން އާރާސްތުކޮށް ބިނާ ކުރަމުން ގެންދާނަން."

އިޒްްރޭލުގެ ސިފައިންގެ ފައުޖެއް ހުޅަނގުގެ އައްސޭރީގައި ހަރަކާތްތެރިވަނީ: އެ މީހުން ވަނީ ފަލަސްތީނުގެ ސްކޫލެއް ތަޅާ ބިމާ ހަމަކޮށްލާފައި

މަންޒަރު ދުށް އެހެން ބައެއް މީހުން ބުނެފައި ވަނީ އެ އިމާރާތް ތަޅައިލީ އެކަނި ނޫން ކަމަށާއި ސްކޫލްގައި ހުރި ތަކެތި ވެސް ފޭރިގެން ގެންގޮސްފައިވާ ކަމަށެވެ.

"އެމީހުން ސްކޫލް ތަޅާލާފައި އަދި ހުރިހާ އެއްޗެއް ވެސް ގެންދިޔައީ،" އެ ސްކޫލަށް ކާފަދަރިފުޅަކު ފޮނުވާ އިސްމާއީލް ސަލާހު ރޮއިޓާސްއަށް ކިޔައި ދިނެވެ. "ހުރިހާ ފަރުނީޗަރެއް، އެމީހުން ޓްރަކްތަކަށް އަރުވައިގެން ގެންދިޔައީ."  

ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލް ތަޅާލުމަކީ "ނަފުރަތުގެ ޖަރީމާއެއް" ކަމަށާއި އެއީ "ދުނިޔޭގެ އެހެން ކުދިންނާ އެއްގޮތަށް ހިލޭ، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަލަސްތީނުގެ ދަރިވަރުން ތައުލީމުން މަހުރޫމްވާނެ ކަމެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.