އެމްއައި ކޮލެޖުގެ ސްކޮލާޝިޕް: ކޮންމެ ކެމްޕަހަކަށް ފަހެއް، ގައުމީ ޓީމަށް ފަހެއް

ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ޑިގުރީއާ ހަމައަށް ހުޅުވާލާފައިވާ ސްކޮލާޝިޕުތައް އެވޯޑު ކުރުމުގައި ކުރިމަތިލާ ކެނޑިޑޭޓުންގެ ތައުލީމީ ފެންވަރަށް ބަލާނެ އެވެ.

އެމްއައި ކޮލެޖުގެ ސްކޮލާޝިޕްތަކާ ބެހޭގޮތުން ނޫސްވެރިންނާ ބައްދަލު ކުރަނީ

އެމްއައި ކޮލެޖުގެ 17 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހާއްސަ ސްކޮލާޝިޕްތަކެއް އެ ކޮލެޖުން ހުޅުވާލައިފި އެވެ.

އެ ކޮލެޖުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮލެޖުގެ ރެކްޓަރު ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12:00 އިގެ ނިޔަލަށް ޖުމްލަ 85 ސްކޮލާޝިޕަކަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. 

ލަމްޔާ އަދި ވިދާޅުވީ އޭގެ ތެރެއިން ފަސް ސްކޮލާޝިޕެއް ހާއްސަ ކުރަން ހަމަޖައްސާފައި ވަނީ ގައުމީ ޓީމުތަކުގައި ރާއްޖެ ތަމްސީލު ކުރާ ކުޅުންތެރިންނަށް ކަމަށެވެ.

"ހަމަ ކޮންމެ ކުޅިވަރެއްގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ވެސް މި ސްކޮލާޝިޕްތަކުން ފުރުސަތު އެބައޮތް" ލަމްޔާ ވިދާޅުވިއެވެ.

ބާކީ 80 ސްކޮލާޝިޕް ބަހާލަން ނިންމާފައި ވަނީ އެ ކޮލެޖުގެ 16 ކެމްޕަސް / އައުޓްރީޗް ސެންޓަރުތަކަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކޮށްފައިވާ ކޮންމެ ކެމްޕަހަކަށް ސްކޮލާޝިޕުގެ ފަސް ފުރުސަތު ދޭނެ އެވެ. 

ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ޑިގުރީއާ ހަމައަށް ހުޅުވާލާފައިވާ ސްކޮލާޝިޕުތައް އެވޯޑު ކުރުމުގައި ކުރިމަތިލާ ކެނޑިޑޭޓުންގެ ތައުލީމީ ފެންވަރަށް ބަލާނެ އެވެ. ދަރިވަރުން ވެސް ސްކޮލާޝިޕަށް އެދޭއިރު ބޭނުންވާނެ ތައުލީމީ ސެޓްފިކެޓްތައް ހަމަކުރަން ޖެހެނެ އެވެ.

މި ސްކޮލާޝިޕްތަކަށް އެދޭ ފޯމު އެ ކޮލެޖުގެ ވެބްސައިޓުން މިހާރު ލިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.