ހައްޔަރުކޮށްފައި ހުއްޓާ ފިލައިގެން ދިޔަ މީހާ ރަށެއްގެ ފަޅުތެރެއިން ފެނިއްޖެ

އޭނާ ފެނިފައިވަނީ މިރޭ 8:35 އެހާކަންހާއިރު ރަސްދޫ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާ މިހާރު ހުރީ ފުލުހުންގެ ބަންދުގައި ކަމަށްވެސް ބުންޏެވެ.

އއ. ހިމަންދޫ / ދަބުގެ، ހުސައިން ޝަހްބާން

އއ. ރަސްދޫ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ހުއްޓާ ފިލި މީހާ ރަސްދޫ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނެފި އެވެ.

އއ. ހިމަންދޫ / ދަބުގެ، ހުސައިން ޝަހްބާން ފިލާފައިވަނީ ގޮޅީން ބޭރަށް ނެރެފައި ހުއްޓައެވެ. ފުލުހުން ވަނީ އޭނާ ހޯދަން އާންމުންގެ އެހީތެރިކަަމަށް އެދި ފޮޓޯ އާއި ވަނަވަރުވެސް އާންމުކޮށްފައެވެ.

ފުލުހުން ދެންމެ ބުނީ ޝަހުބާން މިހާރު ފެނިފައިވާ ކަމަށެވެ. އޭނާ ފެނިފައިވަނީ މިރޭ 8:35 އެހާކަންހާއިރު ރަސްދޫ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާ މިހާރު ހުރީ ފުލުހުންގެ ބަންދުގައި ކަމަށްވެސް ބުންޏެވެ.

ފުލުހުން ވަނީ ޝަހުބާންއާ ގުޅޭގޮތުން އާންމުންގެ ފަރާތުން ލިބުނު މައުލޫމާތަށް ޝުކުރުވެސް އަދާކޮށްފައެވެ.

އެނާ ފިލައިގެން ދިޔައީ ފުލުސް ސްޓޭޝަނުގެ ތަނެއް ފަޅާލައި ރަސްދޫ ފުލުސް ސްޓޭޝަނުން ވައްކަން ކޮށްގެން ކަމަށް އަޑުތައް ފެތުރިފައި އޮތް ނަމަވެސް އެކަން ފުލުސް އިދާރާއިން ދޮގު ކުރެ އެވެ.

ފުލުހުންގެ ބަންދުން މީހުން ފިލުން ރާއްޖޭގައި އެހާ އާންމެއް ނޫނެވެ. އެހެން ނަމަވެސް ޖަލުން މީހުން ފިލުމުގެ ހާދިސާތައް ރާއްޖޭގައި ވެސް ހިނގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.