ސިއްހީ ދުޅަހެޔޮ ޖީލެއް އުފެއްދުމަށާއި ސިއްހީ ހާލަތު ދުރާލާ ދެނެގަތުމައް ޕްރައިމަރީ ހެލްތު ކެއާ ޕްރޮގްރާމުން އެހީތެރި ވެދޭނެ ކަމަށް ވެސް މިނިސްޓަރި ނަސީމް ވިދާޅުވެ އެވެ.
ޕްރައިމަރީ ހެލްތުގެ ނިޒާމު ހަރުދަނާ ކުރާ ޕްރޮގްރާމާއެކު ސިއްހީ ދާއިރާއަށް އިންގިލާބީ ހެޔޮ ބަަދަލުތަކެއް އަންނާނެ ހެލްތު މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެ ޕްރޮގްރާމް ރަސްމީކޮށް ފެށީ ފ. އަތޮޅު ނިލަންދޫގަ އެވެ. ރޭގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ނިލަންދޫގައި ހެލްތު މިނިސްޓަރު ކެރަފާ ނަސީމް ރޭ ވިދާޅުވީ ޕްރައިމަރީ ހެލްތުގެ ނިޒާމަކީ ކުރިން ޥޭށޤ ރާއްޖޭގައި ބަލިތައް ކޮންޓްރޯލްކޮށް ނައްތާލަން ކުރި އާސާސީ މަސައްކަތް ކަމަށާއި އެއީ ސިއްހީ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ މަސައްކަތެއް ކަމަށެވެ.
އެ ގޮތުން ސިއްހީ ދުޅަހެޔޮ ޖީލެއް އުފެއްދުމަށާއި ސިއްހީ ހާލަތު ދުރާލާ ދެނެގަތުމައް އެ ޕްރޮގްރާމުން އެހީތެރި ވެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތަކީ، ސިއްހީ ހިދުމަތުގެ މުޅި ނިޒާމު ހަރުދަނާކުރުމަށް އޮތް އެންމެ ފަހި މަގު ކަމަށެބެ.