ބަތަލާ އާލިއާ ވަނީ އޭނާ ބަނޑުބޮޑުކަން މިދިޔަ ޖޫން މަހު އިއުލާން ކޮށްފަ އެވެ. އާލިއާ ވިހާނީ އަންނަ ޑިސެމްބަރު މަހުގަ އެވެ. އެމީހުން ކައިވެނި ކުރީ މިދިއަ އޭޕްރިލް މަހު އެވެ.
އާލިއާ ބަޓާއި ފިރިމީހާ ރަންބީރު ކަޕޫރު ޗުއްޓީއެއް ހޭދަ ކޮށްލުމަށް އިޓަލީއަށް ފުރައިގެން ހިނގައްޖެ އެވެ. އިޓަލީގައި ޗުއްޓީ ހޭދަ ކުރާއިރު ދެ މީހުން ވެސް ގެންދަނީ ފޮޓޯތައް ވެސް އިންސްޓަގްރާމްގައި އަޕްޑޭޓް ކުރަމުންނެވެ.
މި ދަތުރަކީ "ބުރައްމަސްތުރާ" ގެ ޕްރޮމޯޝަންގެ ކުރިން ބްރޭކެއް ނަގާލުމަށް އިޓަލީ އަށް ކުރާ ހަފުތާއެއްގެ ދަތުރެކެވެ. އެ މީހުން އެނބުރި މުމްބާއީއަށް އަންނާނީ މި އޯގަސްޓް 14 ވަނަ ދުވަހު އެވެ.
ފިލްމް "ބުރައްމަސްތުރާ" ޕްރޮމޯޝަންގައި އުޅޭ ދެ މީހުން ވަރުބަލިވެފައިވާ ކަމަށް ވެއެވެ. އެއީ އެ ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.
ބަތަލާ އާލިއާ ވަނީ އޭނާ ބަނޑުބޮޑުކަން މިދިޔަ ޖޫން މަހު އިއުލާން ކޮށްފަ އެވެ. އާލިއާ ވިހާނީ އަންނަ ޑިސެމްބަރު މަހުގަ އެވެ. އެމީހުން ކައިވެނި ކުރީ މިދިއަ އޭޕްރިލް މަހު އެވެ.