އެމްއޭސީއެލުގެ ހެޔޮ އެދުންތަކާއެކު؛ މިކުދިންނަށް އިންޓާންޝިޕާއި ތަމްރީނު

މީގެ ކުރިން ވެސް އެމްއޭސީއެލުން ވަނީ މިފަދަ ޕްރޮގުރާމްތަކެއް ކާމިޔާބުކަމާއެކު ހިންގާފަ އެވެ. އެގޮތުން ދާދި ފަހުން އެ ކުންފުނިން ވަނީ އޯޓިޒަމް އެސޯސިއޭޝަނަށް އެހީވުމުގެ ގޮތުން ވެސް ހާއްސަ ހަރަކާތެއް ހިންގާފަ އެވެ.

އެމްއޭސީއެލްގެ އިންޓާންޝިޕް ލިބުނު ދަރިވަރުންނާއެކު އެ ކުންފުނީގެ ބައެއް އިސްވެރިން -- މި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއެސްއާރުގެ ދަށުން ކެއާ ސޮސައިޓީގެ ބައެއް ދަރިވަރުންނަށް އިންޓާންޝިޕާއި ތަމްރީނުގެ ފުރުސަތުތައް ފަހި ކޮށްދީފި އެވެ.

އިއްޔެ އެމްއޭސީއެލްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެމްއޭސީއެލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ އެވެ. ކެއާ ސޮސައިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އާތިފެވެ. 

މި ޕްރޮގްރާމުގެ ދަށުން، ކެއާ ސޮސައިޓީގެ ހަތަރު ދަރިވަރަކު އެމްއޭސީއެލްގެ އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރާނެ އެވެ. އެ ދަރިވަރުން ތިން މަސް ދުވަހު މަސައްކަތުގެ ތަޖުރިބާ ހޯދަން އެމްއޭސީއެލްގެ ވަޒީފާއަށް ނުކުތުމަށް ހަމަޖައްސާފައި ވެއެވެ. 

އެމްއޭސީއެލްގެ ކޮމިއުނިކޭޝަންސް ޖެނެރަލް މެނޭޖަރު ވިދާޅުވި ގޮތުގައި ކެއާގެ އެ ދަރިވަރުން އެމްއޭސީއެލްގައި މަސައްކަތް ކުރަން ހަމަޖައްސައި ދޭނީ އިދާރީ މަސައްކަތްތަކުގެ ތެރެއިންނެވެ.

އިންޓާންޝިޕް ލިބުނު ދަރިވަރުން

  • 1.ފާތިމަތު ޝިފާ
  • 2.ފާތިމަތު ޔަދްޔާ ރަޝީދު
  • 3.އިބްރާހީމް ދިޔާޝް ރަޝީދު
  • 4.އަހްމަދު ފާތިކް ފައިސަލް

މީގެ އިތުރުން އެ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން އަދި އެޑިއުކޭޝަން އެކްސެލެންސް ޕްރޮގުރާމް ކުރިއަށް ގެންދާ ދެ ދަރިވަރަކު އެ ކުންފުނިން ވަނީ ސްޕޮންސާކޮށްފަ އެވެ. އެއީ:

  • 1.ޝާމާ ސައީދު - ވޮކޭޝަނަލް ޓްރެއިނިން
  • 2.މުހައްމަދު ޝުޖާއު އިސްމާއީލް - އެކެޑަމިކް އެންހޭންސްމަންޓް

އެމްއޭސީއެލުން ބުނީ މި އެއްބަސްވުމުގެ ދަށުން ކެއާ ސޮސައިޓީގެ ފަންޑު ފޮށިތަކެއް އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ބަހައްޓައި ދޭން ވެސް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އެމްއޭސީއެލުން ވަނީ މިފަދަ ޕްރޮގުރާމްތަކެއް ކާމިޔާބުކަމާއެކު ހިންގާފަ އެވެ. އެގޮތުން ދާދި ފަހުން އެ ކުންފުނިން ވަނީ އޯޓިޒަމް އެސޯސިއޭޝަނަށް އެހީވުމުގެ ގޮތުން ވެސް ހާއްސަ ހަރަކާތެއް ހިންގާފަ އެވެ. އެ ހަރަކާތުގައި އެ އެސޯސިއޭޝަނުގެ ބޭނުމަށް، ހާއްސަ ކަރިކިއުލަމެއް އެމްއޭސީއެލުން ވަނީ ސްޕޮންސާކޮށްފަ އެވެ. އަދި، އެއާޕޯޓުގައި ފަންޑުފޮށި ބަހައްޓައިގެން ހާއްސަ ފަންޑުރެއިޒާއެއް ވެސް ކުރިއަށް ގެންގޮސް ދިނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.