އާންމު ގޮތެއްގައި ސިޔާސީ ގޮތުން ވާހަކަ ޕްރޮޕަގޭޑްކޮށް ސިޔާސީ ވައި ބަދަލު ކޮށްލުމަކީ ސަރުކާރުތަކުން ކޮށް އުޅޭ ކަމެކެވެ. އަލަމްގީރުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ދައުލަތާއެެކު އިއްތިރާފުގެ އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ސުރުހީތައް އުފައްދަނީ ސަރުކާރުގެ އެ ނިޔަތް އޮތީމަ އެވެ.
އެމްޑީޕީގެ ސަރުކާރަށް ނިސްބަތްވާ ސިޔާސީ ގޮތުން މަސް ފަލަ ވަރަށް ގިނަ ބޭފުޅުންނާއި ތަންފީޒީ އިދާރާތަކުގައި ތިއްބެވި ޒިންމާދާރު އިސް ބައެއް ވެރިންނާއި މަޝްހޫރު މީހުނާއި ވިޔަފާރިވެރިންނާއި އެނޫން ވެސް އެތައް ބަޔަކު ހިމެނޭ ގޮތަށް ގިނަ އަދަދެގެ ދިވެހި ފިރިހެނުން ބަންގާޅު ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރުއާއެކު އެއް ކޮޓަރިއެއްގެ އެއް އެނދެއްގައި އެއް ޖިންސުން ގުޅުން ހިންގާ އެ މަންޒަރު ފިލްމް ކޮށްގެން ވަނީ ބޭރަށް ނެރެފަ އެވެ.
ފުލުހުގެ، ނަން ހަމަ ނުކުރާ އިސްވެރިންނާ ހަވާލާދީ އަލަމްގީރު ކޭހުގައި ހިމެނޭ ނަމްބަރަކީ 45 ކަމަށް ބުނެ އެވެ. ހަމަ ފުލުހާ ހަވާލާދީ "ބަންގާޅު މީހާއާ ބެހުނު" ދިވެހިންގެ އަދަދު 250 ހޭވެސް ކިޔައެވެ. އިތުބާރު ހުރި ބައެއް އެކައުންޓްތަކުން އެ ނަމްބަރު 150 ކަމަށް ބުނަނީ ވެސް ހަމަ ފުލުހުގެ ކޮންމެވެސް އޮފިޝަލަކާ ހަވާލާ ދެއްވަ އެވެ. ހުރިހާ ވާހަކައެއް އޮންނަ މާލެ ތެރޭގައި ކިޔާ ގޮތުން ނަމަ އެ ނަމްބަރު 300 ކްރޮސް ކުރެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަކާރުން ވަނީ ނޫސްވެރިން ހޯދާ މައުލޫމާތުގެ މަސްދަރު ހާމަ ކުރަން މަޖުބޫރުކޮށް ޖަލަށް ލެވޭ ގޮތަށް ގާނޫނު ހަދާ ތަސްދީކޮށްފަ އެވެ. މި މައުލޫމަތުގެ ސޯސް ހޯދަން އުޅުމަކީ ފަހަރުގައި އެކަށީގެންވާ ކަމެކެވެ.
ލިވާތުގެ މި މައްސަލައަކީ މި ރާއްޖެ ދެކޭނެ އެންމެ ހުތުރު އަދި ނުބައިކަން ބޮޑު އެއް މައްސަލަ އެވެ. މިކަން ތިލަވެ މިޑިއާގެ މެއިން ސްޓްރީމް ފޭރާމެއްގައި އާންމުންނާ ހަމައަށް އައީ މިދިއަ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. އެކަމަކު މި މައްސަލައަކީ މިދިއަ އަހަރުގެ މާރިޗާ ހަމައިން ފުލުސް އިދާރާއަށް ފްލެގްވެފައިވާ މައްސަލަކެވެ.
މިއީ ރާއްޖެ ފައިބައި މާލެތެރެއަށް ފިލައިގެން އުޅުނު ބަންގާޅު ފިރިހެނަކު، މިނިސްޓަރު ފައްޔާޒު އިސްމާއީލް ހިންގަވާ "ބިދޭސީން ގަވައިދާ ފައްތާ ޕްރޮގްރާމް" ގެ ތެރެއިން އެތެރެވެ އޭނާގެ އާ ސްޕޮންސަރާއެކު ރަނގަޅު "އަލަމްގިރިއެއް" އުފަން ކުރުވައި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ބޭނުން ކުރާ އެޕެއް މެދުވެރިކޮށް ވަކި ގޮތަކަށް އޯގަނައިޒް ކުރުވައި ޕީޕީއެމާއި އެމްޑީޕީއަށް ނިސްބަތްވާ މީހުން ހިމެނޭ ގޮތަށް ހުރިހާ ދިމާއަކުން ބައިގަނޑެއް އަލަމްގީރުގެ އެނދަށް ދައުވަތު ދީގެން ފިލްމް ކުރުވައި ވިޔަފާރި އުފައްދައި ބްލެކްމެއިލް ކުރާ މައްސަލައެކެވެ.
މިހާރު މި މައްސަލާގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައި އަލަމްގީރް ހިމެނޭ ގޮތަށް ހަތަރު މީހަކު ޖަލުގައި ތިބި އިރު ވީޑިއޯ އެނަލައިޒް ކޮށްގެން 25 މީހުން ދެނެގަނެވިފައި ވެއެވެ. އޭގެ ތެރެއިން ބައެއް މީހުން ފުރުސަތު ހޯދައި ރާއްޖޭން ފުރައިގެން ގޮސް އިންޑިއާ އާއި ލަންކާގައި އެބަ އުޅެ އެވެ. އެމީހުން ފުރުވާލީތޯ ފިލައިގެން ދިޔައީތޯ ބުނަން އަދި އަވަހެވެ.
ތުހުމަތު އޮތް މީހުން ހައްޔަރުކޮށް ޕާސްޕޯޓް ހިފަހައްޓާ، ތަހުގީގު ހިންގާ ކަމަށް ފުލުހުން ބުނާން ފެށީ މި މައްސަލާގައި ރައްޔިތުންގެ ޕްރެޝަރު ވަރަށް ބޮޑު ވެގެނެވެ. އެ ޕްރެޝަރު ނައިނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ތަހުގީގު ޖަލު، ދޫނިދޫގެ ގޮޅިއަކަށް ވެއްދުމަކީ މިހާރު މި އޮތް ދިވެހި ސަރުކާރަށް ލާހިކު ކުޅަދާނެ ކަމެއް ނޫނެވެ.
މި މައްސަލަ ނިއުޅެމުން، އޮޅެމުންދާ ގޮތަށް ބަލާއިރު މިހާރު ފެންނަ މަންޒަރަކީ މައްސަލަ ވަކި ދިމާއަކަށް ގެންދާން ސަރުކާރު ބޭނުން ވެފައި އޮތް ތަނެވެ. އެހެން ނަމަވެސް "ސެކްސް ޓޭޕް" ގެ ދިގު ކަމާއި މި "ސެކްސް ސްކޭންޑަލް" ގެ ބޮޑު ކަމުން އަދި މިއީ އެއްޖިންސުން ގުޅުން ހިނގުމާއި ގިނަ ބަޔަކު އެކުގައި އެއްޖިންސުޖް ގުޅުން ހިނގާފައިވާ ލިވާތުގެ ނުބައި އަމަލަކަށް ވާތީ މި މައްސަލާގައި ރައްޔިތުން ތިބީ ދިޔައި އަލިފާން ފަދަ ވެފަ އެވެ.
ރައީސް ސޯލިހުގެ ސަރުކާރަށް ރަނގަޅަށް އެވަރު ވިުސްނެ އެވެ. އެހެންވެ ސަރުކާރުން މަސައްކަތް ކުރަނީ ފަހަރަކު ނަރެއް ބުރި ކުރަމުން ގޮސް ހުރިހާ ނަރެއް އެކަށް ކޮަށާލާށެވެ. އެކަމަކު ބްލެކްމެއިލް، ރެންސަމްއަށް ޑިމާންޑް ކުރާ ގޭންގް ސްޓާރުން / ކެރިއާ ކްރިމިނަލުން ގެންދަނީ ނަރެއް ބުރި ކޮށްލާ އިރަށް އާ ވިޑިއޯ ބުރިއެއް ބޭރު ކުރަމުންނެވެ.
މި މައްސަލައިގައި ސަރުކާރަށް ވަނީ ވަރަށް ބޮޑެތި ކެހިތަކެއް ލިބިފަ އެވެ. އެއީ ސަރުކާރަށް ނިސްބަތްވާ ގިނަ ބައިވަރު މީހުން އަލަމްގީރާއެކު އެއްދާން ކޮށްފައިވުމެވެ. ލިބިފައި އޮތް އެންމެ ބޮޑު ކެއްސަކީ "ސަރުކާރުގެ މައިބަދައިގެ އެއް ކަށިގަނޑު" އަދި ޓްވިޓާގައި "އަމިއްލަ ވެރިކަމެއް" ކުރަމުން އައި ނާޒިމް ސަތާރަށް ތުހުމަތުވާ އަދި "އަމްބާ އެޑިޓް" އަކަށް ނުފެތޭނެ 12 މިނެޓެގެ ސާފު ސެކްޓޭޕެއް އެންމެ ފުރަތަމަ ލީކްވުމެވެ. އަދި އެކަމާ ރައްޔިތުން ރުޅި އައިސް ފަހައިގަތުމުން އައި ޕްރެޝަރުގައި ސަރުކާރު ދުއްވައިގަނެ ނާޒިމްގައިގައި އަތްލުމެވެ. އެހެން ދިމާވި އިރު ކުރިންސުރެ ވެރިކަން ނޫން އެހެން އެކައްޗެއް ވެސް ބޭނުންފުޅު ނުވާތީ ސަރުކާރާއި ރައީސް ސޯލިހާ ސިޔާސީ ގޮތުން ވަކިވެ ރަތް ރޮނގު ދަމައިގެން ހުންނެވި ސަރުކާރުގެ މައި ބަދަ، ރައީސް މުހައްމަދު ހުންނެވީ ރަނގަޅަށް "ރޮދި ކެނޑި" ފައެވެ.
ޖޫން 26 ވަނަ ދުވަހު އެމްޑީޕީގެ ވަޓްސްއެޕް ގްރޭޕެއްގައި ރައީސް ނަޝީދު ސިފަ ކުރެއްވި ގޮތުގައި ލީކް ކުރާ ވިޑީއޯތަކީ "ކަތިލުމެ" ކެވެ.
ސަރުކާރުން ނާޒިމްގެ މައްސަލަ ބަލަން ފަށައި އޭނާގެ ޕާސްޕޯޓް ހިފަހެއްޓުމުން ރައީސް ނަޝީދުގެ އެކަން ސިފަ ކުރެއްވި ގޮތުގައި ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުކުރީ ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ވަޒީރުން ބައިވެރި ވެގެނެވެ. އަދި މި ސަރުކާރު ނާޒިމަށް ފަހު އެ މަނިކުފާނު ވެސް ޖަލަށް ގެންދާނެ އެވެ.
ބަންގާޅު އަލަމްގީރަކީ ބިދޭސީން ގަވައިދަށް ފައްތާ ޕްރޮގްރާމްގެ ތެރެއިން ގަލޮޅު ދަނޑަށް ވައްދައި ދޮވެފައިވާ މީހެކެވެ. ސަރުކާރުގެ މުހިންމު އެ ޕްރޮރާމަކީ ރައީސް ނަޝީދަށް މިފަހުން ސިޔާސީ ގޮތުން މި ދިމާވި ބަލިވުންތަކުގެ އަސްލަކަށްވި މިނިސްޓަރު ފައްޔާޒުގެ ޕްރޮގްރާމެކެވެ. އަލަމްގީރުގެ ސްޕޮންސަރާއި އޭނާގެ ހަގީގަތްތައް މިހާތަނަށް ހާމަވެފައެއް ނުވެއެވެ. އަންނަ ރިޔާސީ އިންތިހާބަށް އޮތް ހަމަ ޗޮއިސްއަކީ ރައީސް ސޯލިހު ކަމަށް އެމަނިކުފާނު އަމިއްފުޅަށް ވިދާޅުވެ، އެހެން ޗޮއިސްތައް ފަހަތަށް ޖައްސާން ސަރުކާރުން ގެންދަނީ ކޮންމެ އަގެއް ދޭން ޖެހުނަސް ކުރެވުނު ގޮތަކަށް މަސައްކަތް ކުރަމުންނެވެ.
ވީޑިއޯއެއް ނުކުމެ ފ.... ކޅނ ކަމަށް ނާޒިމުގެ މައްޗަށް ތުހުމަތުވުމާއެކު ފުރަތަމަ ދުވަހު ވެސް ނަޝީދު ވަނީ ފުލުސް އިދާރާއަށް ތުހުމަތު ކުރައްވާ އިނގިލި ދިއްކުރައްވާފަ އެވެ. ވިދާޅުވި ގޮތުގައި ވީޑިއޯތަކާއި ފޮޓޯތައް ނެގުމުގައި ފުލުހުންގެ ބައިވެރިވުމާއި އެހީތެރިކަން އޮތްކަން އެނގިވަޑައިގަންނަވަ އެވެ. ފުލުސް އޮފީސް އިސްލާހު ކުރަން ކުރެއްވި މަސައްކަތް އެމްޑީޕީއަކަށް ކާމިޔާބު ނުވި ކަމަށެވެ. އަމުރުން ރައީސް ސޯލިހަށް އެކަމެއް ނުކުރެއްވުނެވެ.
މި ހުރިހާ ހުރިހާ ޑޮޓެއް ގުޅުޅުވައިލުމުން ކޮންސްޕިރަސީ ތިއަރީއެއް އުފެއްދޭނެ އެވެ. -- އެހެން ވާކަށް ލާޒިމެއް ނޫނެވެ
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވެއެވެ: "އަޅުގަނޑުވެސް ޖަލަށްލާނެ ކަން އެނގޭ. އެކަމަކުވެސް ދުލެއް ނުކުރެވޭނެ،"
ފަހުން ނާޒިމް ހައްޔަރު ކުރުމުން ސަރުކާރާއި ރައީސް ސޯލިހަށް ޖެއްސުން ކުރަން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ޒިނޭގެ ތުހުމަތު ކުރައްވާ އަނގަ ހައްދު ޖެހޭ ފަދަ ގޮތަކަށް އޮރިޔާން ކާޑުގެ ހަތަރުގަނޑު ފޮޓޯއެއްގެ ވާހަކަފުޅު ދައްކަވާ ކޯފާ އިސް ކުރައްވާފަ އެެވެ. އެހެން ކަމުން "އެކަމަކު ވެސް ދުލެއް ނުކުރެވޭނެ" ކަމަށް އެ ވިދާޅުވާ ވާހަކަފުޅަކީ "އާދައިގެ ވިއްސާރަ" އެއް ނޫނެވެ. މިއީ ވަރަށް ވަރުގަދަ ސިޔާސީ ތޫފާނެއްގެ އިންޒާރެކެވެ.
ސަރުކާރަށް އެއަށް ޖަވާބު ދިނެވެ. އެ ޖަވާބު ދިނީ މަޖިލީހުގައި ރައީސް ސޯލިހަށް އޮތް މެޖޯރިޓީ ބޭނުން ކޮށް ރައީސް ނަޝީދު މަޖިލިސް ރައީސް ކަމުގެ މަގާމުން ދުރު ކުރާނެ ކަމުގެ ބިރު ދައްކައިގެނެވެ. އެކަމަކު އެއީ ރައީސް ސޯލިހުގެ މެޖޯރިޓީން ކުރާނެ ކަމެއް ނޫނެވެ. އެއީ ރައީސް ނަޝީދު ސައިޒަށް ފިޓް ކޮށްލުމެކެވެ. އޭގެ ހެއްކަކީ ނޯކޮންފިޑެސްގެ މޯޝަންގެ ގަރާރެއްގައި ސޮއިކުރާން ފެށުމާއެކު، ތްރެޓެ ލެވެލް ހައިކަމުން ވަށައިގެން ސިކިއުރިޓީ އަޅާފައިވާ ރައީސް ނަޝީދު، އެއޮއް ތަހުޒީބު ލަންޑަނުގައި ހުންނަވަނިކޮށް ފޯނު ޖަހައިގަތީ އެވެ. އެހިސާބުން ސަރުކާރުން ބޭނުންވާ ގޮތަށް ފަލަ ނަރެއް ބުރި ކޮށްލެވުނީ އެވެ. ރައީސް ނަޝީދުގެ މައްސަލަ މި ވަގުތަށް އޮބުނީ ވެސް މެއެވެ. އެރިއަސް ދެން ރާޅު އަރާން ފަށާނީ ނާޒިމް ބަންދު މުއްދަތު އަނެއްކާވެސް އިތުރުވަމުން ދާނަމަ އެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ނާޒިމް ވީއްލައި ދޫކޮށްލައިފި ނަމަ ރައްޔިތުންގެ ނުރުހުމާ ކުރިމަތިވާނެ އެވެ. އެކަން އެކަންޏަކު ނޫނެވެ. "އަލަމްގިރިއާ ބެހުނު" 250 މީހުންގެ ތެރެއިން އެއްވެސް މީހަކު އެ ހިސާބުން ދެން ހައްޔަރެއް ނުވާނެ އެވެ. ބަންދެއް ނުވެސް ކުރެވޭނެ އެވެ. ކުށް ސާބިތެއް ވެސް ނުވާނެ އެވެ.
މިއިން ނުކުންނާނެ ނަތީޖާއަކީ ރައީސް ސޯލިހު 2023 އަށް ކުރައްވާ ފޮނި އުންމީދު ފަނޑުވެ ޕޮޕިއުލަރިޓީ ވެއްޓޭނީ އެވެ. ކިތަންމެ ނަރުދަމައެއް އެޅިއަސް ހަމަ ވެއްޓޭނެ އެވެ. އަނެއްކޮޅުން ނާޒިމް ކުޑަގޮޅީގައި ގެންގުޅޭކަށް ސަރުކާރަކަށް ފަސޭހައެއް ނުވާނެ އެވެ. އެކަން އެގޮތަށް ކުރާނަމަ ރައީސް ނަޝީދު ރާއްޖޭގެ ބޭރުގައި ދިވެހި ސަރުކާރު ބަދުނާމު ކޮށްލާނެ އެވެ. އެ ގޮތަށް މިހާރުވެސް ޓްވީޓެއް ކުރައްވައިފި އެވެ. މިކަކަލަ ކިތަންމެ ގެއްލުމެއް ސަރުކާރަށް ރައީސް ނަޝީދު ދޭނެ އެވެ. ސަރުކާރުން ރައީސް މައުމޫނާ އެއް ފެންވަރުގައި މިވަގުތު ރައީސް ނަޝީދު އަންޑައެސްޓިމޭޓް ކުރުމަކީ ސިޔާސީ ގޮތުން އަމިއްލައަށް ޒަލްޒަލާއެއް ގެނައުން ފަދަ ކަމެކެވެ.
ވާފަށެއް ޖައިގެން މި ވަގުތަށް ރައީސް ނަޝީދު ހިފަހައްޓައި ސަރުކާރުން މިހާރު ހޯދަނީ ޖުމްލަ މަތިރިއެކެވެ. އެފަދަ "ރޯޔަލް ޑްރާމާ" ތައް މި ސަރުކާރުން މިހާތަނަށް ވެސް ކާމިޔާބު ކަމާއެކު ކުޅެފައި ވެވެއެވެ. އޭގެ އެއް ވައްތަރަކީ އިއުތިރާފުގެ އެއްބަސްވުން ހަދައި ސަރުކާރަށް ސިޔާސީ ފައިދާވާ ގޮތަށް އަސްލު ގެއްލުވާލުމެވެ.
އަލަމްގީރާއެކު ސަރުކާރުން އިއުތުރާފުގެ އެއްބަސްބުމަކަށް ދިއުން މިވަގޮތަށް އޮތް ފުރުސަތަކީ ފަންސާސް ފަންސާހެވެ. "ޕެއިޑް ކޮންޓެންޓް" މެދުވެރިކޮށް އިއުތިރާފު އެއްބަސްވުމެއްގެ ވާހަކަ އެވަރަށް ސުރުހީއަށް ގެނެވޭތޯ ސަރުކާރުން މަސައްކަތް ކުރަނީ އެސިޑް ޓެސްޓެއް ހަދާލުމުގެ ބޭނުމުގަ އެވެ. އިއުތުރާފުގެ އެއްބަސްވުމުގެ ވާހަކަތައް ފަތުރާލުމުން އިތުރު ވީޑިއޯތައް ހިފެހެއްޓިފައި ހުރިތަންތަނުން ނުކުންނާން ފަށައިފި ނަމަ ސަރުކާރުން އެ ގޮތް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. ނޫންނަމަ އެ އެއްބަސްވުން ސަރުކާރުން ހަދާނެ އެވެ، އަދި ބޭނުންވާ ބަޔަކު ފޮރުވައިދީ ބޭނުން ވާ ބަޔަކު އޮބައިގަންނާނެ އެވެ.
އާންމު ގޮތެއްގައި ސިޔާސީ ގޮތުން ވާހަކަ ޕްރޮޕަގޭޑްކޮށް ސިޔާސީ ވައި ބަދަލު ކޮށްލުމަކީ ސަރުކާރުތަކުން ކޮށް އުޅޭ ކަމެކެވެ. އަލަމްގީރުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ދައުލަތާއެެކު އިއްތިރާފުގެ އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ސުރުހީތައް ހަދަނީ އެ ނިޔަތް އޮތީމަ އެވެ.
"މި" ނޫހަށް އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ އަލަމްގިރްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި އުފުލާނެ ދައުވާތަކުގެ މައުލޫމާތު އޭނާއަށް ކިޔައިދީފަ އެވެ. އަދި ގާނޫނުން ލިބިދޭ ފުރުސަތުތައް ވެސް ބުނެދީފަ އެވެ. އަލަމްގީރް ވަނީ ތަހުގީގުގެ މަރުހަލާގައި ވެސް އަދި ދައުވާ އުފުލުމުން ކޯޓް މަރުހަލާގައި ވެސް ދައުލަތަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ބުނެފަ އެވެ. މިހެން ހަދައިފިނަމަ ދައުލަތުން އެދޭ ގޮތަކަށް އަލަމްގީރުގެ އެހީތެރިކަން އޮންނާނެ އެވެ. އޭނާއަށް އޮންނަ އަދަބަށް ލުއި ވާނެ އެވެ.
ގިނަ ގައުމުތަކުގައި ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުން އެދުނަސް އިއުތިރާފުގެ އެއްބަސްވުން ހަދައެއް ނުދެއެވެ. އަދި ދައުލަތަށް އެކަށީގެންވާ ހެކި ލިބިފައި ހުންނަ މައްސަލަތަކުގައި ވެސް އިއުތިރާފުގެ އެއްބަސްވުން ހަދަން ދައުލަތްތައް ދެކޮޅު ހަދައެވެ. ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުން ފަދަ މައްސަލަ ތަކުގައި ވެސް އިއުތިރާފު އެއްބަސްވުން ހަދައި ނޫޅެ އެވެ. ނަމަވެސް ރާއްޖެއަކީ ކަންކަން އެކޮޅު ކޮޅުން ޖަހާފައި އޮންނަ ގައުމެކެވެ. އެހެންވެ އެފަދަ ބައެއް މައްސަލަތަކުގައި ވެސް ދައުލަތުން އިއުތިރާފު އެއްބަސްވުން ހަދަ އެވެ. އަލަމްގީރު ކޭސްވެސް މި ދަނީ އެ މަގަށެވެ. ނަމަވެސް މިއީ އަދި އެހެން މައިތިރިވާނެ މައްސަލައެއް ކަމަކަށް ނުފެނެ އެވެ. އެއަށް ވުރެ މި މައްސަލައިގެ މެގްނެޓިއުޑް ބޮޑުވެފައި ނުރައްކަލެވެ. އެއް އެއްބަސްވުމެއް ހަދާނީ ސަލާމާތް ނުވެވިގެނެވެ. އެކަމަކު ހެދިޔަސް ސަލާމަތެއް ނުވާނެ އެވެ.