މިދިއަ އާދީއްތަ ދުވަހުގެ ރޭ ފަތިހު ދިން އެ ހަމަލާއަށް ފަހު މާލޭގެ އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވައި އޮޕަރޭޝަނެއް ކުރެއްވުމަށްފަހު ޒަރީރު މިއަދު ވަނީ ގެއަށް ވަޑައިގެން ކުރު ކުރުކޮށް "މި" ނޫހާ ވާހަކަފުޅު ދައްކަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާ ދީ ޒަހަމްކޮށްލީ ރެއެއްގެ ފަތިހު ކުއްލިއަކަށް ބަޔަކު މީހުން ދިން ހަމަލާއެއްގައި މާލޭގެ ޓީވީއެމް ކައިރީ ހުންނަ "ހަބީބީ ކެފޭ އެންޑް ބިސްޓްރޯ" ގެ ތެރެއިންނެވެ.
މޫނު ނިވާ ކުރުމަކާ ވެސް ނުލައި މެންބަރުގެ ކުރިމައްޗަށް އަރައި އެރޭ ފުރަތަމަ ހަމަލާ ދީފައި ވަނީ އަތް އިސްކޮށްގެނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ. އެ ހަމަލައަށް ފަހު ޒަރީރުގެ ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި އަނިޔާ ކޮށްފައި ނުކުމެގެން ދިޔައީ އެވެ.
މިދިއަ އާދީއްތަ ދުވަހުގެ ރޭ ފަތިހު ދިން އެ ހަމަލާއަށް ފަހު މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވައި މައިނާ އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު ޒަރީރު މިއަދު ވަނީ ގެއަށް ވަޑައިގެން ކުރު ކުރުކޮށް "މި" ނޫހާ ވާހަކަފުޅު ދައްކަވައި ބައެއް ފޮޓޯ ހިއްސާ ކުރައްވާފަ އެވެ.
"އަޅުގަނޑު މިހުރީ ބުނާނެ އެއްޗެއް ނޭނގި ހަމަ ޝޮކެއްގައި! ކީއްވެ ކޮން ސަބަބަކާ ހުރެ އަޅުގަނޑަށް ދިން އަނިޔާއެއް ކަމެއް ނޭނގުނު،" ޒަރީރު ވިދާޅުވި އެވެ. "ބައި ހަދާފައި ކެފޭއަށް ވަން ބަޔަކު އެއްވެސް ނިވަލެއް ފޮރުވުމެއް ނެތި، އެ ފަތިސް ގަޑީގައި ޒަރީރު ކޮބައިހޭ؟ ޒަރީރު ކޮބައި ސޭޓް ކޮބައިހޭ؟ ކިޔަމުން ވަދެގެން މަރުތޭލުން އަޅުގަނޑަށް ހަމަލާ ދިނީ... ބައެއް މީހުން ކިޔައި އުޅޭނެ އަޅުގަނޑާ ދިމާއަށް ސޭޓޭ ވެސް..."
ޒަރީރު ވިދާޅުވީ ހެޔޮވަރު މަރުތޭލަކުން ޖެހުމުގެ ސަބަބުން އޭނާގެ ސިކުނޑިއާ ދިމާއިން ފަޅައިގެން ގޮސް އުފެދުނު ޒަހަމްގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި މިވަގުތަށް ސިކުނޑި އާއި އެތެރެހައްޓަށް ގެއްލުމެއް ނެތް ކަމަށް ޑޮކްޓަރު ވިދާޅުވެފައިވި ނަމަވެސް މުޅީން އެކަން ކަށަވަރު ވާނީ އެމްއާރްއައި ސްކޭނެއް ހެދުމުން ކަމަށެވެ.
ޒަރީރަށް ދިން ހަމަލައަށް ފަހު ފުރަތަމަ ދިވެހި ފުލުހުން ބުނެފައި ވަނީ މަތިވެރީ ދާއިރާގެ މެންބަރަށް ހަމަލާ ދިނީ ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން ކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ އެ ހަމަލާ ދިނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އާލާތަކުން ކަމަށެވެ.
ހަމަލާ ދިނީ މަރުތޭލަކުން ކަމެއް ނުބުނެ އެވެ. ޒަރީރަށް ހަމަލާ ދިނީ މަރުތޭލަކުންކަން "މި" ނޫހުން ކަށަވަރު ކުރީ ޒަރީރުގެ އެކުވެރި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ފަރާތުންނެވެ.
މަޖިލީހުގެ ބަހުސްތަކުގައި ވަގުތު ހޯއްދަވައގެން ވަރަށް ގިނައިން ވާހަކަފުޅު ދެއްކެވި ނަމަވެސް ޒަރީރަކީ ވަރަށް ބަސް މަދު މަޑުމައިތިރު ބޭފުޅެކެވެ. ޒަރީރަށް ދިން ހަމަލައާ ގުޅިގެން އެކަމާ ބެހޭ ތަހުގީގެއް ފުލުހުން ފެށި ނަމަވެސް ތުހުމަތަކަށް އެއްވެސް މީހަކު ހައްޔަރަށް ނަގާފައިވާ ކަމަކަށް ފުލުހުން ބުނެފައެއް ނެތެވެ. އެ ހަމަލާއާ ބެހޭ ތަފުސީލެއް ވެސް ނުދެ އެވެ.
"އަޅުގަނޑު މިހުރީ ބުނާނެ އެއްޗެއް ނޭނގި ހަމަ ޝޮކެއްގައި! ކޮން ސަބަބަކާ ހުރެ އަޅުގަނޑަށް ދިން އަނިޔާއެއް ކަމެއް ނޭނގުނު، ބަޔަކު އެއްވެސް ނިވަލެއް ފޮރުވުމެއް ނެތި، އެ ފަތިސް ގަޑީގައި ޒަރީރު ކޮބައިހޭ؟ ޒަރީރު ކޮބައި ސޭޓް ކޮބައިހޭ؟ ކިޔަމުން ވަދެގެން މަރުތޭލުން އަޅުގަނޑަށް ހަމަލާ ދިނީ... ބައެއް މީހުން ކިޔައި އުޅޭނެ އަޅުގަނޑާ ދިމާއަށް ސޭޓޭ ވެސް..."
މެންބަރު ހަސަން ޒަރީރު
ޒަރީރު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ވަނީ އެ ހަމަލާ ކުށްވެރިކޮށް، ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް ކުށް ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންދަން ގޮވާލާފަ އެވެ.
އެ ހަމަލާ ކުށްވެރިކޮށް މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ގޮވާލާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ވެސް ޒަރީރުގެ ހާލު ބެއްލެވި އެވެ.
ހަށިގަނޑުގެ އެކި ތަންތަނަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ދީ އެމަނިކުފާނު އަވަހާރަކޮށްލާފައި ވަނީ އޮކްޓޫބަރު 1، 2012 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައި އޭރު އެމަނިކުފާނު ދިރިއުޅުއްވި ހ. ފުންވިލު ގޭގެ ސިޑިކައިރީންނެވެ.