ކެމްބޯޑިއާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ

ކެމްބޯޑިއާއަށް ދަތުރު ކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށާފައި ވަނީ މިދިޔަ ޖެނުވަރީ މަހުގެ 16 ވަނަ ދުވަހު ރާއްޖެ އާއި އެ ގައުމާ ދެމެދު ސޮއިކުރި ވިސާ އެއްބަސްވުމެއްގެ ދަށުންނެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި --

ރާއްޖެއިން ކެމްބޯޑިއާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން މިއަދު ފަށައިފި އެވެ.

ކެމްބޯޑިއާއަށް ދަތުރު ކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށާފައި ވަނީ މިދިޔަ ޖެނުވަރީ މަހުގެ 16 ވަނަ ދުވަހު ރާއްޖެ އާއި އެ ގައުމާ ދެމެދު ސޮއި ކުރި ވިސާ އެއްބަސްވުމެއްގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އެ ގައުމުން އޮން އެރައިވަލް ވިސާ ދޫކުރިޔަސް، 30 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ، ދަތުރުކުރަން ވާނީ ކުރިޔާލާ ވިސާ ހޯދައިގެން ކަމަށެވެ. އެގޮތުން ވިޔަފާރިއަށާއި ތައުލީމު ހާސިލްކުރަން އެގައުމަށް ދާ ދިވެހިން އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އިން އެދިފައިވެ އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރީ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް އެކި ދާއިރާތަކުން ދެ ގައުމުގެ މެދުގައި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ އެންމެ ގިނަ ގައުމުތަކަށް އޮން އެރައިވަލް ލިބޭ ގައުމެވެ. އެގޮތުން ރާއްޖެއަށް މިހާރު 90 އަށްވުރެ ގިނަ ގައުމުން އޮން އެރައިވަލް ވިސާ ލިބެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.