ޔާމީން ހުންނަވާ ޔުނިޓްގެ ހާލަތު ބައްލަވާލައްވަން އިމްރާން ޖަލަށް

އެތަނަށް އިމްރާން ޒިޔާރަތް ކުރައްވާފައި މިވަނީ، ޔާމީންގެ ހުރިހާ ހަރަކާތެއް އިމްރާން ބަލަމުންދާ ކަމަށް ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބޮޑު ތުހުމަތެއް ކުރައްވާފައި ވަނިކޮށެވެ.

އިމްރާން އަދި ކޮމިޝަނާ އޮފް ޕޮލިސް އިއްޔެ މާފުށީ ޖަލަށް ވަޑައިގަންނަވަނީ --

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔުނިޓްގެ ހާލަތު ބައްލަވާލެއްވުމަށް ހޯމް މިނިސްޓްރު އިމްރާން އަބްދުﷲ އިއްޔެ ޖަލަށް ވަޑައިގެންފި އެވެ.

ޔާމީނަށް ތަންފީޒު ކުރަމުން ދަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފައި، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލާން ހުކުމް ކުރުމުންނެވެ. 

ޔާމީން ހުންނަވަނީ މަތީ ފަންތީގެ ބޭފުޅުންނަށް ހާއްސަ ޔުނިޓެއްގަ އެވެ. އެތަނަށް އިމްރާން ޒިޔާރަތް ކުރައްވާފައި މިވަނީ، ޔާމީންގެ ހުރިހާ ހަރަކާތެއް އިމްރާން ބަލަމުންދާ ކަމަށް ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބޮޑު ތުހުމަތެއް ކުރައްވާފައި ވަނިކޮށެވެ.

މާފުށީ ޖަލަށް އިއްޔެ އިމްރާނާއެކު ކޮމިޝަނާ އޮފް ޕްރޮޒަންސް މުހައްމަދު އަހުމަދުފުޅު ވެސް ވަޑައިގަތެވެ. މި ޒިޔާރަތުގައި އެ ބޭފުޅުންނާ ރައީސް ޔާމީނާ ބައްދަލުވެ ވަޑައިގެންނެވި ކަމެއް ކަރެކްޝަނުން ސާފެއް ނުކޮށްދެ އެވެ. 

މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް ވަނީ އިމްރާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީން ނިދިކުރައްވާ ކޮޓަރިއަށް، ވަދެވަޑައިގަންނަވާ ފާހާނާއަށް، ނިކުމެވަޑައިގެން މަޑުކޮށް ލައްވަން ހުންނަ ހޯލާ އެއްކޮށް ކެމެރާ ހަރުކޮށް ފޯނަށް އެޕްލިކޭޝަން އަޅައިގެން ބަލަމުންދާ ކަމަށް މައުލޫމާތު ލިބިފައިވޭ،" އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

އިމްރާން އެވާހަކަތަކަށް ރައްދު ވެސް ދެއްވި އެވެ. އިމްރާން ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އިންސާނީ ހައްގާއި ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ ޒަމީރު ތަންދޭ ކަމެއް ނޫން ކަމަށެވެ. އަދި ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީއަކަށް ވާނީ ރައީސް ޔާމީން ކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާނާއި ސީޕީ ޖަލަށް ވަޑައިގެން ޖަލުގައި އަލަށް އިމާރާތް ކުރަމުންދާ ޔުނިޓްގެ މަސައްކަތް ވެސް ބައްލަވާލައްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.