ޗާގޯސް މައްސަލާގައި ޕާޓީތަކުގެ ޕްރެސްއަށް ހުރަސްއެޅި ކަމުގެ ތުހުމަތު

އިދިކޮޅު ދެ ޕާޓީއާ ޕީޕީއެމް އާއި ޕީއެންސީ އަދި އެމްއެންޕީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީވެސް ބައިވެރިވެއެވެ. ރައީސް ނަޝީދުގެ ފެކްޝަނުންގެ ބައިވެރިވުންވެސް އެބަ އޮތެވެ.

މިހާރު ކުރިއަށްދާ ނޫސްވެރީންގެ ބައްދަލްވުން: ގިނަ ޕާޓީތަކުން ބައިވެރިވޭ -- މި

ޗާގޯސްގެ މައްސަލާގައި ސިޔާސީ ޕާޓީތަކާއި ކުރީގެ ބައެއް ބަންޑާރަ ނާއިބުން ގުޅިގެން މިހާރު ބާއްވަމުންދާ ނޫސްވެރީންގެ ބައްދަލްވުން ކުރީން ބާއްވަން ހަމަޖެއްސި ތަން އެންމެ ފަހު ވަގުތު ނުދިން ކަަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ނޫސްވެެރީންގެ ބައްދަލްވުން ކުރީން ބާއްވަން އޮތީ މެންހަޓަން ބިޒްނަސް ހޯލްގައެވެ. ނަމަވެސް އެތަން ކުއްޔަށް ދިނުމަށް ފަހު އެންމެ ފަހު ވަގުތު މިއަދު މެންދުރު 1:30 ވީ ފަހުން ޗާގޯސް މައްސަލާގައި ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަން ދެވެން ނެތް ކަމަށް އަަންގާފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ނޫސްވެރީންގެ ބައްދަލްވުން އެހެންވެ ބާއްވަމުން ދަނީ ކުރީގެ ހައުސިން މިނިސްޓަރު / މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު ދިމްޔާތު ގައެވެ.

މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި ގިނަ ސިޔާސީ ޕާޓީތަކަކުން ބައިވެރިވެއެވެ. އެ ގޮތުން އިދިކޮޅު ދެ ޕާޓީއާ ޕީޕީއެމް އާއި ޕީއެންސީ އަދި އެމްއެންޕީ ހިމެނެ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީވެސް ބައިވެރިވެއެވެ. ރައީސް ނަޝީދުގެ ފެކްޝަނުންގެ ބައިވެރިވުންވެސް އެބަ އޮތެވެ.

ބައްދަލްވުން ލީޑު ކުރައްވަނީ ޑރ. މުހައްމަދު މުނައްވަރެވެ. އަދި ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރެވެ. މީގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ބައިވެރިވެވަޑައިގަންނަވައެވެ. ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އެމްއާރްއެމްގެ ނާއިބު ރައީސް އަހްމަދު އުޝާމް އާއި އެމްއާރްއެމްގެ ނާއިބު ރައީސް އައިމިނަތު ނާދިރާ ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ ސަރުކާރުގެ ނިންމުމަކާއި ދެކޮޅަށް ގިނަ ޕާޓީތަކެއް އެކުވެ މިފަދަ ބައްދަލްވުމެއް ބޭއްވޭ ފުރަތަމަ ފަހަރެވެ. ސަރުކާރާއި ދެކޮޅު މި މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ކޮމެންޓް

1
450
ރަޝީދު
1 year ago

އަސްތާ މިއެގުނީ! މިއީ ހަސަން 9 ރަސްގެފާނަށް ބައިއަތު ހިފައިގެން ތިބި ބައިގަޑެއްކަން! ސުބްޙާނަﷲ! އެއްވެސް މުސްލިމު ވެރިޔަކު މިތަނާ ނޫޅުނީ އޭރުވެސް މިހާރުވެސް ކްރިސްޓިއަނުންގެ ބަޔަކުގެ ތަނެއްކަމަށް ވާތީ އެވެ. ދިވެހިރާއްޖޭގައި ކާފަރު ބަޔަކު އުޅޭ ރަށެއް ބޭއްވުމަށް ބޭނުން ނުވާތީއެވެ. އަލްޙަމްދުﷲ ތިޔަތަން ދޫކޮށްލި ކަމަށް ރައީސަށް ސުކުރު ކުރަމެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.