"ގާސިމް ވާދަ ނުކުރައްވާފާނެ ކަމަށް ބުނެ ފަތުރަނީ ދޮގެއް"

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރައްވާނެ ކަން ގާސިމް އިއުލާނު ކުރެއްވި ނަމަވެސް ރަސްމީކޮށް ކެމްޕެއިން ފަށާނެ ތާރީހެއް އަދި ނެތެވެ. މިވަގުތު ހިނގަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތަކެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އިންތިހާބުގައި ވާދަކުރައްވާނެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވާފާނެ ކަަމަށް ބުނެ ފަތުރާ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގާސިމް ވަނީ ނިންމާފައެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުޅުވާލުމުން ކުރިމަތިލެއްވީ ގާސިމް އެކަންޏެވެ. އެމަނިކުފާނުގެ ޝަރުތު ފުރިހަމަ ކަމަށް ނިންމާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމަށް އެރުވުމަށް ޕާޓީގެ ކައުންސިލުންވެސް ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރައްވާނެ ކަން ގާސިމް އިއުލާނު ކުރެއްވި ނަމަވެސް ރަސްމީކޮށް ކެމްޕެއިން ފަށާނެ ތާރީހެއް އަދި ނެތެވެ. މިވަގުތު ހިނގަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތަކެވެ.

ނަމަވެސް ކުއްލިއަކަށް ގާސިމްގެ އަޑު ވަނީ މަޑުވެފައެވެ. އެކަމާއި ގުޅުވާ ގާސިމް ފަހަތަށް ޖެހިވަޑައިގަތީ ކަމަަށާ އެހެން ކެންޑިޑޭޓަކަށް ތާއީދު ދެއްވަން ނިންމެވީ ކަމަށް ބުނެ ވާހަކަތައް ފެތުރިފައިވެއެވެ.

އެކަން ދޮގުކޮށް އެ ޕާޓީގެ ނާއިބު ލީޑަރު / މަޖިލީހުގެ ކުރީގެ މެންބަރު އަލީ ޝާހް ވިދާޅުވީ އެ ވާހަކަތަކަކީ ރައްޔިތުންްގެ ތެރޭގައި ނުތަނަވަސްކަން އުފެއްދުމަށް ދައްކާ ވާހަކަ އެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވާ އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމް ނިންމަވާފާނެ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ޝާހް ވިދާޅުވި އެވެ.

ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ ކަމުގެ ޔަގީންވެސް ޝާހް ދެއްވި އެވެ.

ބައިބަައިވެފައި އޮތް އެމްޑީޕީގެ ދެ ފެކްޝަނުންވެސް ގާސިމްގެ ތާއީދަށް އެދެއެވެ. އެމްޑީޕީ ލީޑު ކުރައްވާ ރައީސް ސޯލިހްގެ ފެކްޝަންގެ ދައުވަތު ޖޭޕީއާ ގާސިމް ގަބޫލުފުޅެއް ނުކުރެއްވި އެވެ. ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ތާއީދު ގާސިމަށް ދެއްވުން ވަރަށް ގާތެވެ. ދެ ފަރާތުން ދަނީ ސިލްސިލާ މަޝްވަރާތައްވެސް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.