ކޭޕާކުގެ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހި ފުލުހަށް

މި މައްސަލާގައި ދެ ކުންފުނިންވެސް ވަނީ ބަޔާން ނެރެފައެވެ. ހަންބޯ ޓެކްގެ ރާއްޖޭގެ އޭޖެންޓް އެދިފައިވަނީ ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށެވެ.

"ކޭޕާކް ރެސިޑެންސް" ގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ ފްލެޓްތައް:

"ކޭޕާކް ރެސިޑެންސް" ގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ ފްލެޓްތަކުގެ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހި އެ މަސައްކަތް ކުރާ ކޮރެއާ ކުންފުނި -- ހަންބޯ ޓެކްގެ ރާއްޖޭގެ އޭޖެންޓް މައްސަލަ ފުލުހަށް ގެންގޮސްފި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ކައިރިން 14 ބުރިއަށް އިމާރާތް ކޮށްފައިވާ "ކޭޕާކް ރެސިޑެންސް" ގެ މައްސަލަ ފުލުހަށް ހުށައަޅާފައިވާކަން ޗައިނާގެ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން ވަނީ ހާމަކޮށްފައެވެ. އަދި މައްސަލަ ފުލުހަށް ގެންދިޔަ ސަބަބުތައް ބަޔާންކޮށް ނޫސްބަޔާނެއް ވެސް ވަނީ ނެރެފައެވެ.

އެ ބަޔާނުގައި ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާކަން ތުހުމަތުކޮށް ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން އެއްބަސްވުންތައް ހަދާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތު ކަމަށް ބުނެ އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެޕާޓްމަންޓްތަކުގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫންވެސް ތަކެތި ބައެއް މީހުންގެ އަތުން ނަގާފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަދި އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ނަގާފައިވާ ކަންވެސް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓްގެ ބަޔާނުގައި ވެއެވެ.

އެ ކުންފުނިން ވަނީ މި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައެވެ. އަދި މައްސަލަ ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އާބަންކޯގެ ސަމާލު ކަމަށް މިހާރު ގެނެސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހަންބޯ ޓެކް ކޮމްޕެނީން ވެސް ބަޔާނެއް

މި މައްސަލައާ ގުޅިގެން ކޮރެއާގެ ހަންބޯ ޓެކް ކޮމްޕެނީ ލިމިޑެޓުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި 2017 ވަނަ އަހަރު އުފެއްދި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓަކީ "ކޭޕާކް ރެސިޑެންސް" ގެ ރާއްޖޭގެ އެޖެންޓްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެ ކުންފުންޏަށް އެހީތެރިވުމާއި އެޕާޓްމަންޓްތައް މާކެޓްކުރުމާއި ވިއްކުން ފަދަ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

ނަމަވެސް ހަންބޯ މޯލްޑިވްސްއާއެކު އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދަން ތަފާތު ދަތިތައް ކުރިމަތިވުމުގެ ސަބަބުން މެއި 2، 2023 ގައި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަަމަށެވެ. ކޮރެއާގެ ހަންބޯ ޓެކް ކޮމްޕެނީން ވަނީ އެ ނިންމުމުގެ ސަބަބުން ކަސްޓަމަރެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި "ކޭޕާކް ރެސިޑެންސް" ގެ މަޝްރޫއާ ގުޅިގެން ހުއްދަ ނެތް އެއްވެސް ފަރާތަކާއި މުއާމަލާތް ނުކުރުމާއި އެފަދަ ކަންކަމުގައި ސަމާލު ވުމަށް ކަސްޓަމަރުންނަށް ވަނީ އިލްްތިމާސް ކޮށްފައެވެ.

މި މައްސަލަ އާބަންކޯ އިންވެސް މިހާރު ބަލަމުންދާކަން އެނގިފައިވެއެވެ. އަދި އެ މައްސަލާގައި އެ ކުންފުނީން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.