ރައީސް ޔާމީންގެ އަތް ކަނޑަން ޝިފާއު ގޮވާލައިފި

ރާއްޖޭގައި އަތް ކެނޑުމުގެ ހުކުމް ރައީސް މުހައްމަދު އަމީން ތަންފީޒު ކުރެއްވި ނަމަވެސް އެ ފަހުން ފެށިގެން އެކަން އޮތީ ހުއްޓާލާފަ އެވެ.

އްޔިތުން މަޖިލީހުގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު

ޕީޕީއެމްގެ ރައީސް ކަމާއި އިދިކޮޅު ލީޑަރު ކަމުގައި ވެސް ހުންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ އަތް ކަނޑަން ރައްޔިތުން މަޖިލީހުގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު ގޮވާލައިފި އެވެ.    

މަނީ ލޯންޑަރިންގެ ކުށެއް ސާބިތު ވެގެން ރައީސް ޔާމީން ހުންނެވީ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް މާފުށީ ޖަލުގަ އެވެ. އެ މަނިކުފާނަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެވެ. އަދި ވަރަށް ގިނަ ރައްޔިތުންގެ ތާއީދާއި ލޯބި އޮތް ސިޔާސީ ލީޑަރެކެވެ. އަދި އެ މަނިކފާނަކީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވަން ބާރު އަޅުއްވައި އެކަމުގެ ތައްޔާރީތައް ވެވަޑައިގެންނެވި ބޭފުޅެކެވެ.

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުން އެހެން ވިދާޅުވީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އޭނާ ފޮނުއްވެވި މެސެޖެއް މެދުވެރިކޮށެވެ. 

ޝިފާއު ވިދާޅުވީ - އެ މެސެޖްގެ ސްކްރީން ޝޮޓްތައް އާންމުވެ ދައުރުވަމުން ދާއިރު އޭގައި އޭނާ ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އަތް ކެނޑުމަށް ފަހު އިތުރު 100 އަހަރަށް ޖަލަށްލާން ޖެހޭ ކަމަށެވެ.

އޭނާގެ އެ މެސެޖާ ގުޅިގެން ސޯޝަލް މީޑިއާގަ އާއި އާންމުންގެ ތެރޭގައި ވެސް އޭނާއަށް ފާޑު ކިޔުން އިތުރުވެފައި ވެއެވެ. ހޫނު ފެނަށް ވެއްޓި ވަޑައިގަންނަވަން ޖެހޭ، އަދި ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވާ ފަދަ ވާހަކަފުޅުތައް މީގެ ކުރީން ވެސް ޝިފާއުގެ ފަރާތްޕުޅުން އައިސްފައި ވެއެވެ.

ރާއްޖޭގައި އަތް ކެނޑުމުގެ ހުކުމް ރައީސް މުހައްމަދު އަމީން ތަންފީޒު ކުރެއްވި އެވެ. ނަމަވެސް އެ ފަހުން އެކަން އޮތީ ހުއްޓާލާފަ އެވެ. އުވާލާފައެއް ނޫނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.