ޝަހީދު ވިދާޅުވި ގޮތުގައި ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި އޭނާގެ ޓީމުން މަސައްކަތް ކުރައްވާފައި ވަރަށް މޮޅަށް އެހައި ރަނގަޅަށެވެ.
ޗާގޯސް އާއި ރާއްޖޭގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުމަށްވުރެ އިތުރު އެއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅު ވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަރަށް ގިނަ ކަންކަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާ ކުރީގެ ވަޒީރު، ޝަހީދު ޓްވީޓާގައި ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑައި ރާއްޖޭގެ އިން ވަކި ކުރި މައްސަލަގައި ގެންދަވަނީ ސަރުކާރަށް ތައުރީފު ކުރައްވަމުންނެވެ. އޭނާގެ އެފަދަ ދެވަނަ ޓްވީޓެއްގައި ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި ނިމުން އައި ގޮތަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އޭނާ ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އިތުރަށް ޝަހީދު ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި އޭނާގެ ޓީމުން މަސައްކަތް ކުރައްވާފައި ވަރަށް މޮޅަށް އެހައި ރަނގަޅަށް ކަމަށެވެ.
އަދި އެނާ މިހެން ވެސް ވިދާޅުވެ އެވެ:
"ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިގެން ދިޔައީ ސަރުކާރުން ފޮނުވިކަމަށް ބުނާ ސިޓީ އާއި މައްސަލައިގައި ރާއްޖޭގެ ވޯޓް ބަދަލުވި ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާ ނުކުރުމުން. މިއީ މައުލޫމާތު ފެތުރުމުގައި ސަރުކާރުގައި އޮތް ފެއިލްވުމެއް." ޝަހީދު ވިދާޅުވި އެވެ.