ރަޝިޔާ ބުނާ ގޮތުން އެގައުމުގެ އަސްކަރިއްޔާއިން ހަމަލާ އަމާޒު ކުރަނީ ޔޫކްރޭން ސިފައިންގެ ރިޒާވް ޔުނިޓްތަކަށެވެ. އަދި ރޭގެ ހަމަލާތައް ވެސް އަމާޒަށް ދަތުރު ކުރި އެވެ.
އަރައިގަނެގެން ހިފައި ރަޝިއާގެ ކޮންޓްރޯލްގައި ބާއްވާފައި އޮންނަ ކްރައިމިއާގައި ހުރި ތެޔޮ ގުދަނެއް ގޮއްވާލުމުގެ ބަދަލަށް ރަޝިޔާއިން ހަމަލާތައް ފުޅާކޮށް މިސައިލާއި ބަރު ހަތިޔާރުގެ ހަމަލާތަކުގެ ސިލްސިލާއެއް ފަށައި ޔުކްރޭނަށް ގެއްލުންތައް ދީފި އެވެ.
ހެނދުނު ދޭން ފެށި ހަމަލާތަކަކީ މިދިއަ ތިން ދުވަހުގެ ތެރޭގައި ދިން މިފަދަ ސިލްސިލާ ދެވަނަ ހަމަލާ އެވެ.
ރަޝިޔާގެ ހަމަލާތަކުގައި ހަރްސަން ސަރަހައްދުން މީހަކު މަރުވެފައިވާއިރު، ޑްނިޕްރޮޕެޓްރޮވްސްކްގައި 25 މީހަކު ޒަހަމްވެފައި ވެއެވެ. އެ މީހުންގެ ތެރޭގައި ތިން ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. ރަޝިޔާގެ ހަމަލާތަކުގައި އުސް 19 އެޕާޓްމަންޓް ބްލޮކާއި 25 ގެއަކާއި ހަ ސްކޫލަކާއި ކިންޑަގާޑަން އާއި ފަސް ފިހާރައަކަށް ވެސް ގެއްލުންތައް ލިބިފައި ވެއެވެ.
ޔޫކްރޭންގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ރަޝިއާއިން 18 މިސައިލެއް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ތެރެއިން 15 މިސައިލް އެގައުމުގެ ވައިގެ ދިފާއީ ބާރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ބުނީ ރަޝިއާއިން މައިގަނޑު އަމާޒަކަށް ހަދާފައި އޮތީ ޑްނިޕްރޯ ކައިރިން ޕަވްލޮހްރާޑް ސިޓީ ކަމަށެވެ.
ކިއެވް ސިޓީގެ އަސްކަރީ އިދާރާގެ ވެރިޔާ ސެރްހީ ޕޮޕްކޯ ވިދާޅުވީ ކިއެވްގެ ވައިގެ ސަރަހައްދަކަށް ވެސް މިސައިލްތައް ވައްޓާލާފައިވާ ކަމަށާއި އެހަން ބައެއް ސަރަހައްދުތަކަށް ބޮމުގެ 39 ހަމަލާއެއް ބިންމަތީގެ ހަތިޔާރާއި ޑްރޯނާއި ޖެޓްފައިޓަރު ތަކުން ހަމަލާ ދިން ކަމަށެވެ.
މިދިއަ ހުކުރު ދުވަހު ރަޝިޔާއިން ބުނެފައި ވަނީ އެގައުމުގެ އަސްކަރިއްޔާއިން އަމާޒުކުރަނީ ޔޫކްރޭން ސިފައިންގެ ރިޒާވް ޔުނިޓްތަކަށަށް ކަމަށެވެ. އަދި ރޭގެ ހަމަލާތައް އަމާޒަށް ދަތުރު ކުރި ކަމަށް ވެސް ބުނެ އެވެ.