ދިޔަވެ ދޯންޏެއް އަޑިއަށް ދަނިކޮށް މީހުން ސަލާމަތްކޮށްފި

މި ހާދިސާ ހިނގއިރު މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ވަރަށް ވިއްސާރަވެފައި ކަނޑު ގަދަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ކަނޑުމަތީގެ އެކްްސިޑެންޓެއްގައި ދެ ލޯންޗެއް ޖެހި ދިވެއްސަކު މަރުވެފައި ވެއެވެ.

"މާކުރީ 7" ދަތުރު ކުރަނިކޮށް ކަނޑުމަތީގައި ދިޔަ ހިލި އަޑިއަށް ދާން ފެށި ސަރަހައްދު

ތ. އަތޮޅު / ކޮޅު މަޑުލު، ދިޔަމިގިއްޔަށް ދާން ދުއްވި ދޯންޏެއްގެ ދިޔަ ހިލި، އެ ދޯންޏަށް ވަރަށް ބޮޑަށް ދިޔަވެ އަޑިއަށް ދަނިކޮށް އޭގައި ތިބި މީހުން ސަލާމަތް ކޮށްފި އެވެ.  

"މާކުރީ 7" ގެ ނަމުގައި ދުއްވާ އެ ދޯނީގައި ހަތަރު މީހަކު ތިއްބެވެ.

ދަތުރު މަތީން ދޯންޏަށް ދިޔަވެ ދޯނި އަޑިއަށް ދާން ފެށީ ތ. ވިލިފުށީގެ ހުޅަނގު އުތުރުގެ ހަމޭލު ބޭރުންނެވެ. އޭގެ ފަހުން ސިފައިންނަށް އެ މައުލޫމާތު މިއަދު ހެނދުނު 10:00 ޖެހި އިރު ލިބުމާއެކު ކޯސްޓްގާޑުގެ އުޅަނދެއް ފޮނުވައި އޭގައި ތިބި މީހުން ސަލާމަތް ކޮށްފައި ވެއެވެ. އަދި ކޯސްޓްގާޑުން ވަނީ އަޑިއަށް ދަމުން ދިޔަ ދޯނީގައި ކަފު ޖަހައި ދިޔަމިގިލީ ބަނދަރަށްް ވައްދާފަ އެެވެ. 

ދޯނީގައި ތިބި ހަތަރު މީހުނަކީ ވެސް ދިވެހިންނެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ.  

މި ހާދިސާ ހިނގއިރު މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ވަރަށް ވިއްސާރަވެފައި ކަނޑު ގަދަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ކަނޑުމަތީގެ އެކްްސިޑެންޓެއްގައި ދެ ލޯންޗެއް ޖެހި ދިވެއްސަކު މަރުވެފައި ވެއެވެ. 

ރާއްޖެ މިހާރު ވަދެފައި ވަނީ އަހަރުގެ ހުޅަނގު މޫސުމުގެ ތެރެއަށެވެ. މިހާރު އޮތީ ހުޅަނގުގެ ދެވަނަ ނަކަތް ބުރުނު ނަކަތުގެ ތެރޭގަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.