މެންބަރު ހަސަން ޒަރީރަށް ހަމަލާދީ ޒަހަމް ކޮށްލައިފި

ޒަރީރަށް ހަމަލާ ދީފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކެފޭއެއްގެ ތެރޭގައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮޔުގައި "ހަބީބީ ކެފޭ އެންޑް ބިސްޓްރޯ" ތެރޭގައި މެންބަރު ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީފައި އެވެ.

އއ. މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ޒަރީރަށް ހަމަލާ ދީފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކެފޭއެއްގެ ތެރެއިންނެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި "ހަބީބީ ކެފޭ އެންޑް ބިސްޓްރޯ" ތެރޭގައި މެންބަރު ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ. އަދި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައީ ރޭ ފަތިހު 5:08 ގައެވެ.

ޒަރީރަށް ލިބުނު އަނިޔާތަކާއި ގުޅިގެން އޭޑީކޭގައި ފަރުވާ ދެމުންދާ ކަަމަށް ވެސް ބުންޏެވެ. ނަމަވެސް ޒަރީރަށް ލިބުނު އަނިޔާގެ އެހެން އެއްވެސް ތަފްސީލެއް ނުދެ އެވެ.

މެންބަރު ޒަރީރަށް ހަމަލާ ދިނީ ކޮން ބައެއް ކަމާއި ކޮން ސަބަބާއި ގުޅިގެން ކަމެއްވެސް ސާފެއް ނުވެއެވެ. އިތުރު ތަފްސީލު ނުދީ ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. 

ކުރީން މެންބަރަކު އަވަހާރަކޮށްލި - މަތިވެރީ ދާއިރާގެ މެންބަރު ހަަސަން ޒަރީރަށް ހަމަލާ ދިންއިރު މީގެ ކުރީން ވެސް މަޖިލީހުގެ ބައެއް މެންބަރުންނަށް ބިރު ދައްކާ ހަމަލާތައް ދީފައި ވެއެވެ. އަދި އެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ވަނީ އަވަހާރަ ކޮށްލާފަ އެވެ.

ހަށިގަނޑުގެ އެކި ތަންތަނަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ދީ އެމަނިކުފާނު އަވަހާރަކޮށްލާފައި ވަނީ އޮކްޓޫބަރު 1، 2012 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައި އޭރު އެމަނިކުފާނު ދިރިއުޅުއްވި ހ. ފުންވިލު ގޭގެ ސިޑިކައިރީންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.