އެއްވެސް ކަމަކަށް އައިޝްވާރިޔާ ހުއްދަ ހޯދާކަށް ނުޖެހޭނެ: އަބީޝެކް

މި މައްސަލަ ދިމާވި އިރު އައިޝްވާރިއާ އާއި އަބީޝެކް 2007 ގައި ކައިވެނިކޮށް މީހުންގެ ދަރިފުޅަށް 11 އަހަރު ފުރިފައި ވެއެވެ.

އައިޝްވާރިޔާ އާއި ފިރިމީހާ އަބީޝެކް

ފިލްމެއް ކުޅެން ވެސް އެއްވެސް ކަމެއް އަދި އަމުދުން ޝައުގުވެރިވާ އެއްވެސް ކަމެއް ކުރުމަށް ފިރިމީހާގެ ހުއްދަ ހޯދަން އައިޝްވާރިއާ ރާއީއަށް ނުޖެހޭނެ ކަމަށް ފިރިމީހާ، ބަތޮލު އަބީޝެކް ބައްޗަން ބުނެފި އެވެ. 

މި ޔަގީންކަށް އަބީޝެކު ދިނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އައިޝްވާރިއާގެ "ޕޮނިޔިން ސެލްވަން"  - ޕީއެސް 2 ބަލާފައި އެ ފިލްމަށް ތައުރީފުކޮށް އަދި އެއީ އަންހެނުންގެ އެންމެ މޮޅު ފިލްމު ކަމަށް ބުނެ ކުރި ޓްވީޓަކަށް ފާޑެއް ކިޔައިގެނެވެ.

މި މައްސަލަ ދިމާވި އިރު އައިޝްވާރިއާ އާއި އަބީޝެކް 2007 ގައި ކައިވެނިކޮށް މީހުންގެ ދަރިފުޅަށް 11 އަހަރު ފުރިފައި ވެއެވެ. އައިޝްވާރިއާ ފަހަކަށް އައިސް ފިލްމުތަކުން ފެންނަލެއް މަދު ކަމުން އަބީޝެކް ހުރަސް އަޅަނީ ކަމަށް ތުހުމަތު ކުރާ މީހުން ގިނަ އެވެ.  

ޕީއެސް 2 މާކެޓިން މެނޭޖަރުގެ ނަމުގައި ހަދާފައިވާ ޓްވީޓަކުން ބުނީ އެހެން ވިއްޔާ އައިޝްވާރިއާ ގިނަ ފިލްމުތަކަށް ސޮއި ކުރަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ގޭގައި އަބީޝެކް ދަރިފުޅު ބަލަން ހުރުމަށް ވެސް އެދިފައި ވެ އެވެ. 

އެއަށް ދިން ރައްދުގައި އަބީޝެކް ބުނީ އެއްވެސް ކަމެއް ކުރަން އައިޝްވާރިއާއަށް އޭނާގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި ވަކީން ހާއްސަކޮށް އައިޝްވާރިޔާ ލޯބިކުރާ ކޮންމެ ކަމެއް ބޭނުން އިރަކ ކުރެވޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.