ކޮންމެ އަހަރަކު އަލަށް 500 މީހުން ޑުރަގަށް ދޭ: ކޮމިޝަނާ

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ފުޅާކޮށް ވިޔަފާރި ކުރުން ގައުމީ އެންމެ ބޮޑު މައްސަލައަށް ވެފައި ވެއެވެ.

ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު

ރާއްޖޭގައި ކޮންމެ އަހަރަކު އަލަށް މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް 500 އާ ގާތްކުރާ އަދަދަކަށް މީހުން ވަންނަ ކަމަށާއި އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ މިހެން ވިދާޅުވީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ޖަލްސާގަ އެވެ. 

އޭނާ ވިދާޅުވީ ރާއްޖެއަށް އަލަށް ތައާރަފުވާ މަސްތުވާތަކެއްޗާއެކު ޒުވާނުން އެކަމުގެ ތެރެއަށް ވަންނަ މިންވަރު އިތުރު ކަމަށެވެ. އަދި ވިދާޅުވީ އަލަށް 400 އާއި 500 ދެމެދުގެ އަދަދަކަށް އެކި އުމުރު ފުރައިގެ މީހުން ކޮންމެ އަހަރަކު ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކަމަށެވެ. 

ހަމީދު ވިދާޅުވީ ދިމާވެފައިވާ މި މައްސަލަ ހައްލު ކުރަން ޖިނާއީ ޢަދުލުގެ ނިޒާމާއި މައްސަލައާ ގުޅޭ ދައުލަތުގެ ހުރިހާ އިދާރާތަކުން އެއް މިސްރާބަކަށް ފުލުހުންނާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުން މަސައްކަތްކުރާ ގޮތާއި އެ މަސައްކަތްތަކަށް އިސްކަންދޭ ތަރުތީބުތަކާއި، ރޭވުންތެރިކަމުގެ ތެރެއިން ފުލުހުންނަށް މުހިންމު ނަތީޖާތަކެއް ނެރެވިދާނެ." ސީޕީ ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ފުޅާކޮށް ވިޔަފާރި ކުރުން ގައުމީ އެންމެ ބޮޑު މައްސަލައަށް ވެފައި ވެއެވެ. 

ކޮމެންޓް

1
450
އަހުމަދު އަލީމް
1 year ago

މީނަ ވަރުގެ ކޮޅަށް މޭކަޕުކޮށްގެން ގޮސް ފޮނި މި ކިޔުން ނޫން ކަމެއް ނޯވެ. ރާއްޖޭގަ 500 ގޭންގް އޮވޭ. ބިދޭސީން 3000 ސިމް ގެންގުޅޭ. ދުވާލަކު 11 މީހުންނާ ބެހޭ. މިވެނި ވަރަކަށް ވައްކަން ކުރޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.