ފަލަސްތީނުގެ ޒުވާނަކު މަރާލައި ބަޔަކު ޒަހަމްކޮށްލައިފި

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި މި އަހަރު ތެރޭ ފަލަސްތީނުން މަރާފައިވާ މީހުންގެ އަދަދު މިހާރު 100 އިން މަތި ވެފައި ވެއެވެ.

އިޒްރޭލުން ވެސްޓްބޭންކުގައި ދޭ ހަމަލާތައް: މި އަހަރުތެރޭގައި ފަލަސްތީނުން 100 އަށް ވުރެ ގިނަ މީހުން މަރާލާފައިވޭ

އިޒްރޭލުން އަރައި ހިފައި ބްލޮކޭޑެއްގެ ހަދާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސަރަހައްދެއްގެ ތެރެއަށް އިޒްރޭލުގެ ސިފައިންގެ ވަދެގެނެ ހިންގާން ފަށާފައިވާ ޖަރީމާތަކުގައި ފަލަސްތީނުގެ ޒުވާނަކު މަރާލައި އިތުރު ބަޔަކު ޒަހަމް ކޮށްލައިފި އެވެ. 

ހުޅަނގު އައްސޭރީގެ ބައިތްލަހަމްގައި ބަޑިޖަހައި ޒުވާނާ މަރާލި ހާދިސާއާ ގުޅިގެން ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ 16 އަހަރުގެ މުސްތޮފާ އާމިރު ސޮބާހު މަރާލީ ތަގޫއު ސަރަހައްދުގައި އޭނާ ކުރި އެއްވެސް ކުށަކާ ނުލައި ކަމަށެވެ.

 އަނެއްކޮޅުން އިޒްރޭލު ސިފައިން ބުނެފައި ވަނީ ފަލަސްތީނުގެ އެ ޒުވާނަކަށް ހަމަލާ ދިނީ އެމީހުންގެ ހާއްސަ އޮޕަރޭޝަނެއް ހިނގަމުން ދަނިކޮށް ހަމަލާއަށް ވާގޮތަށް ގަލާއި ޓަޔަރު އުކުމުގެ ސަބަބުން ކަމަށެވެ.

މުސްތޮފާ އާމިރު ގަޔަށް ބަޑި ޖަހައި އޭނާ މަރައި ޝަހީދު ކޮށްލުމާއި އިތުރު ބަޔަކު ޒަހަމް ކޮށްލި އިރު މިދިއަ ހުކުރު ދުވަހު ވެސް އިޒްރޭލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ މީހަކު ހުޅަނގު އައްސޭރީގައި މަރާލާފައި ވެއެވެ. ހަމަ އެދު ވަހު އެހެން ބަޔަލު ޒަހަމް ކޮށްލާފައި ވެއެވެ. 

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި މި އަހަރު ތެރޭ ފަލަސްތީނުން މަރާފައިވާ މީހުންގެ އަދަދު މިހާރު 100 އިން މަތި ވެފައި ވެއެވެ. އޭގެ ތެރޭގައި އާންމ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ގިނަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.