ސައުދުﷲގެ ކުއްލި ވަކިވުން: އިމާރާތް ކުރުމުގެ އިންޑަސްޓްރީ ހިތާމާގައި

ސައުދުބެގެ ސާސްއީ ކުންފުންޏަކީ ރާއްޖޭގައި ހެވީ ލޯޑް ވެހިކަލް ސަޕްލައިކޮށް ހިދުމަތް ދޭ ލިއޯ ކުންފުނީގެ ސިސްޓާ ކުންފުންޏެކެވެ.

ސައުދުﷲ: އާއިލާއާއި ރަހުމަތްތެރިންނަށް މަސީން ތައުޒިޔަ ކިޔާ

އިއްޔެ ހަވީރު މާލެ ކައިރިީގައި ހިނގި ލޯންޗް އެކްސިޑެންޓެއްގައި ނިޔާވި ސައުދުﷲ އަހުމަދު، އަދި އާންމު ގިނަ ބަޔަކު ކިޔާ ގޮތަށް ސައުދުބެއަކީ އިމާރާތް ކުރުމުގެ ދާއިރާގެ ވަރުގަދަ ހިދުމަތްތެރިއެކެވެ. އެންމެންނާ ވެސް ގުޅޭ ރަހުމަތްތެރި އެކެވެ. އެ ހިދުމަތްތެރިޔާގެ ކުއްލި ވަކިވުމާއެކު އެންމެން ހިތާމައިގެ ތެރެއަށް ދިޔައިރު އިމާރާތް ކުރުމުގެ މުޅި ދާއިރާ އޮތީ ކުއްލި ފުން ހިތާމައެއްގެ ތެރޭގަ އެވެ. 

ސައުދުބެ ނިޔާވި ހަބަރު ލިބުމާއެކު ގިނަ ބަޔަކު އޭނާގެ އާއިލާތައް ތައުޒިޔާ ކިޔަމުން ގެންދާއިރު މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ފޮނުވު ތައުޒިޔާގެ މެސެޖުގައިވާ ގޮތުން ސައުދުﷲ އަކީ އެކުވެރި ރަހުމަތްތެރިއެއްގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާގައި ބުރަކޮށް މަސައްކަތް ކުރައްވާ ވިޔަފާރިވެރިއެކެވެ. އަދި އޭނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޔުމަތް ލެއްވުން އެދި ދުއާ ކުރައްވާފައި ވެއެވެ. 

ސައުދުބެ، ހިދުމަތްތެރި އެކިވެރިއެއް

ބ. ކުޑަރިކިލަށް އުފަން ސައުދުބެ ނިޔާވުމުގެ ހިތާމާގައި މަސީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ސާސްއީ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު، ސައުދުބެ ނިޔާވި ހަބަރު އެހީ ކުއްލި ހިޔާމަތައަކާއި ސިހުމާއެކުގަ އެވެ. އޭނާއަކީ އަހަރުތަކެއްގެ ކުރިން އެ އެސޯސިއޭޝަންގެ މެންބަރު ކުންފުނިތައް ކަމަށްވާ ރެއިންބޯ އާއި އަމީން ކޮންސްރަކްޝަންގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ފަހުން ސާސްއީ ކޮންސްޓްރަކްޝަން އުފައްދައި އިންޑަސްޓްރީއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކަމަށެވެ. 

މަސީން ނެރެފައިވާ ނޫސް ބަޔާން

އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ސައުދުﷲ އިސްވެ ހުންނަވައި ކުރެއްވި ބައެއް މަސައްކަތްތަކުގެ ތެރޭގައި އައްޑޫގައި ސާކް ސަމިޓަށް ހާއްސަކޮށް ހެދި ކޮންވެންޝަން ސެންޓަރު ބިނާ ކުރުން ހިމެނެ އެވެ. 

އޭނާ ނިޔާ ވުމާއެކު އޮތް މި ހިތްދަތި ވަގުތުގައި ކޮންސްޓްރަކްޝަން ސިނާއަތުގެ ނަމުގައި އެ ޖަމިއޔާއިން އިން ވަނީ ސައުދުބެގެ އާއިލާއަށް ތައުޒިޔާ ކިޔާފައިވެ އެވެ. 

ސައުދުބެގެ ސާސްއީ ކުންފުންޏަކީ ރާއްޖޭގައި ހެވީ ލޯޑް ވެހިކަލް ސަޕްލައިކޮށް ހިދުމަތް ދޭ ލިއޯ ކުންފުނީގެ ސިސްޓާ ކުންފުންޏެކެވެ. ސާސޭއަކީ ރާއްޖޭގައި ތިބި ބަނދަރު ހެދުމާއި ނެރު ފުން ކުރުމުގެ މަސައްކަތް ކުރާ އަމިއްލަ މަދު ކޮންސްޓްރެކްޓަރުންގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ހަދަމުންދާ ބަނދަރުތަކުގެ ތެރޭގައި އއ. ތޮއްޑޫ ބަނދަރުގެ މަސައްކަތް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.