ފިލްމުފެއާ އެވޯޑުގެ އެންމެ މޮޅު ފިލްމަކަށް "ގަންގޫބާއި ކަތިއަވާޅީ"

ކްރިޓިކްސް އިން ހޮވި އެންމެ މޮޅު ފިލްމުގެ ޝަރަފު ހޯދީ ފިލްމު "ބަދާއީ ދޯ" އެވެ.

ހިންދީ ފިލްމު ގަންގޫބާއި ކަތިއަވާޅީގެ ޕޯސްޓަރެއް

މިއަހަރުގެ ފިލްމްފެއާ އެވޯޑު ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ އެންމެ މޮޅު ފިލްމުގެ އެވޯޑު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއި ކަތިއަވާޅީ" އަށް ލިބެއްޖެ އެވެ.

ރޭގެ އެވޯޑު ހަފްލާގައި އެންމެ ގިނަ އެވޯޑުތައް ހާސިލްކުރި އެއް ފިލްމަކީ ވެސް އެއީ އެވެ. އެ ފިލްމަށް 10 އެވޯޑު ލިބިފައިވެ އެވެ. އެ ފިލްމުގެ ލީޑު ރޯލުން މޮޅު އެކްޓިންއެއް ދެއްކި އާލިއާ ބަޓް ވަނީ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދާފަ އެވެ. އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ވެސް ގެންދިޔައީ އެ ފިލްމުންނެވެ.

ފިލްމުފެއާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ ފިލްމު "ބަދާއީ ދޯ" ގެ ލީޑު ރޯލު ކުޅުނު ރާޖްކުމާރު ރާއޯ އަށެވެ.

ކްރިޓިކްސް އިން ހޮވި އެންމެ މޮޅު ފިލްމުގެ ޝަރަފު ހޯދީ ފިލްމު "ބަދާއީ ދޯ" އެވެ. ކްރިޓިކްސް އިން ހޮވި އެންމެ މޮޅު އެކްޓަރުގެ އެވޯޑު "ވާދް" ގެ ރޯލުން ސަންޖޭ މިޝްރާ އަށް ލިބުނިއިރު، ކްރިޓިކްސް އިން ހޮވި އެންމެ މޮޅު އެކްޓްރެސް އެވޯޑު ދެ ފަންނާނަކަށް ލިބުނެ އެވެ. އެއީ "ބަދާއީ ދޯ" އިން ބުމީ ޕެޑްނެކަރް އަދި "ބޫލް ބުލައްޔާ 2" ގައި މޮޅު އެކްޓިން އެއް ދެއްކި ތަބޫ އެވެ.

ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑު އަނިލް ކަޕޫރަށް "ޖުގް ޖުގް ޖިޔޯ" އިން ލިބުނުއިރު، ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ވެސް ލިބުނީ "ބަދާއީ ދޯ"ގައި މުހިންމު ރޯލެއް ކުޅުނު ޝީބާ ޗައްދާ އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.