އިމުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫން: ޑރ. މުނައްވަރު

"ގާނޫނަކުން ކަނޑައެޅުފައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބީއެއް ނޫން. ހިތާމައެއް. މިކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާ ކުރުވަން ޖެހޭނެ،"

ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު -- މި

ރާއްޖެއާއި މޮރިޝަސް އާއި ދެމެދު، އިގްތިސޯދީ ސަރަހައްދު ފުށުއަރާ ގޮތަށް އޮތް ހިސާބުން އިއްޔެ އިން ކަނޑައެޅުމުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޮޑު ބައެއް ގެއްލިއްޖެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް، ޑރ. މުހައްމަދު މުނައްވަރު ސިފަކުރައްވައިފި އެވެ.

އިޓްލޮސްގެ ނިންމުމާއެކު ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. 

މި މައްސަލައާ ގުޅިގެން ޑރ. މުނައްވަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނަކުން ކަނޑައެޅުފައިވާ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލިގެން ދިޔުމަކީ އެއްގޮތަކަށް ވެސް ލިބޭ ކާމިޔާބީއެއް ނޫން ކަމަށެވެ. އެ މައްސަލަ އެގޮތަށް ނިމިގެން ދިޔައީ ބައެއްގެ އިހުމާލުން ކަމަށާއި އެ ފަރާތްތައް ޒިންމާ ކުރުވަން އޭނާ ގޮވާލައްވާފައިވެ އެވެ.

"ގާނޫނަކުން ކަނޑައެޅުފައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބީއެއް ނޫން. ހިތާމައެއް. މިކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާ ކުރުވަން ޖެހޭނެ،" ޑރ. މުނައްވަރު ވިދާޅުވި އެވެ.

އިޓްލޮސް އިން އިއްޔެ ނިންމުން ނިންމާފައި ވަނީ ރާއްޖޭން އެދުނު ގޮތަށެވެ. ދެ ގައުމުގެ ސަރަހައްދުން 200 މޭލު ބޭރަށް އިން ނަގާއިރު، ފުށުއަރާ ހިސާބު ބެހުމަށް އޮންނަނީ ދެ ގައުމަށް އެއްވަރުވާ ގޮތަށެވެ. މޮރިޝަސް އިން ދައުވާކުރަމުން ދިޔައީ އެ ގައުމުގެ އިން ކަނޑައަޅާއިރު، 200 މޭލު ފަށާ ހިސާބެއްގެ ގޮތުގައި ޗާގޯސްގެ ބޭރުން އޮންނަ ބްލެއިމަން ފަރު ބެލުމަށެވެ.

އެކަމަކު ރާއްޖެއިން ބުނަމުން ދިޔައީ ބްލެއިމަން ފަރަކީ ހަމައެކަނި ހިކި ދިޔައިގައި ފެންނަން އޮންނަ ތަނަކަށް ވެފައި، މީހުންނަށް ދިރިއުޅެވޭ ވަރުގެ ތަނަކަށް ނުވާތީ، އެއީ އިން ކަނޑައެޅުމުގައި ބެލޭނެ ހިސާބެއް ނޫންކަމަށެވެ. އިއްޔެ އިޓްލޮސް މައްސަލަ ނިންމީ ރާއްޖެއާ އެއްކޮޅަށެވެ. އެހެންވެ، އެއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން އެހެން ބުނި ނަމަވެސް، ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ޑރ. މުނައްވަރު ކުރިން ވެސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.