ދެކުނުގެ އިން ކަނޑައެޅުމުން ރާއްޖޭގެ މަސްވެރިންނަށް ވާނީ ފައިދާ: ސަރުކާރު

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދުގެ އިން މި ކަނޑައެޅުނީ އަދި ކިރިޔާ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވާހަކަދައްކަވަނީ

ރާއްޖެ - މޮރިޝަސްގެ އިމުގެ މައްސަލަ މިއަދު ނިމުމާއެކު، ރާއްޖޭގެ މަސްވެރިންނަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ވަޒީރުން ވިދާޅުވެއްޖެ އެވެ.

އެ މައްސަލަ މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ދަ ސީ (އިޓްލޮސް) އިން ނިންމުމާ ގުޅިގެން މުޅި ކެބިނެޓް އެއްކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ މިއަދު ރާއްޖޭގެ އިމުގެ ތެރޭގައި ހިމެނުނު ސަރަހައްދުގައި މީގެ ކުރިން ދާއެޅުން ފަދަ ކަންކަން ކުރި ނަމަވެސް ހުއްޓުވޭނެ ގޮތެއް ނޯންނަ ކަމަށެވެ.

"ދެން ހަމަގައިމު ވެސް އެ ސަރަހައްދުގައި އެފަދަ ކަމެއް ކުރިޔަ ނުދިނުމަށްޓަކައި ކޯސްޓު ގާޑުން ކުރަންޖެހުނު ކަމެއް ކުރާނެ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް މިއަދުގެ ނިންމުމާއެކު، މަސްވެރިކަމަށް ކުރާނެ އަސަރާ މެދު ވާހަކަދެއްކެވިއެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދުގެ އިން މި ކަނޑައެޅުނީ އަދި ކިރިޔާ ކަމަށެވެ. އަދި މިއަދު ރާއްޖެއަށް ކަށަވަރުވި އިގްތިސާދީ ސަރަހައްދާއެކު، ވަގަށް މަސްވެރިކަން ކުރާ މީހުން ހިފެހެއްޓުމަށް އިތުރު ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ބާރަ މޭލުގެ ތެރޭގައި ބަޔަކު އައިސް މަސްވެރިކަން ކުރަންޏާ އަޅުގަނޑުމެންނަށް އެ މީހުން ހިފެހެއްޓޭނީ. އެ މީހުން އެ ބާރަ މޭލުގެ ތެރޭގައި މަސްވެރިކަން ކޮށްފައި ނުކުމެގެން ދަންޏާ، އިތުރު ބާރާ މޭލު ތެރޭގައި އަޅުގަނޑުމެންނަށް އެމީހުން ހިފެހެއްޓޭނީ" ޑރ. ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއިން އިގްތިސާދީ ސަރަހައްދު ކްލެއިމް ކުރި ނަމަވެސް، އެއްވެސް ބަޔަކު އެކަން ބަލައިގެންފައި ނުވާކަމަށެވެ. އަދި، މިއަދުން ފެށިގެން ދެކުނުގެ އިގްތިސާދީ ބޯޑަރު ބެލެހެއްޓުމަށް ސިފައިންނަށް ރައީސް އަންގަވާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.