ޑރ. ޝަހީދުގެ ތައުރީފު ރައީސްގެ ސިޓީއަށާއި، ބަންޑާރަ ނާއިބަށް

މޮރިޝަސް އިން ދައުވާކުރަމުން ދިޔައީ އެ ގައުމުގެ އިން ކަނޑައަޅާއިރު، 200 މޭލު ފަށާ ހިސާބެއްގެ ގޮތުގައި ޗާގޯސްގެ ބޭރުން އޮންނަ ބްލެއިމަން ފަރު ބެލުމަށެވެ.

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު

ރާއްޖެ - މޮރިޝަސް އިމުގެ މައްސަލައިގައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ދަ ސީ (އިޓްލޮސް)ގައި އޮތް މައްސަލަ މިއަދު ރާއްޖެ ކޮޅަށް ނިމުމާއެކު، ކުރީގެ ފޮރިން މިނިސްޓަރު، ޑރ. އަހްމަދު ޝަހީދު ދިވެހި ސަރުކާރަށް ތައުރީފުކުރައްވާ ވާހަކަދައްކަވައިފިއެވެ.

އދގެ އިސް މަގާމުތަކެއް ވެސް ފުރުއްވި ޑރ. ޝަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޓްލޮސް މައްސަލައިގައި މުހިއްމު ނުކުތާތަކެއް ކާމިޔާބު ކުރެއްވި ކަމަށްޓަކައި، ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތަށް މަރުހަބާ ދަންނަވާފައެވެ. އަދި، އެ މައްސަލަ ކުރިއަށް ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަށް ވެސް އޭނާ ތައުރީފުކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ގެއްލުމުގެ ބަދަލު ހޯދަން ކުރި ދައުވާތައް އަނބުރާ ގެންދިއުމަށް މޮރިޝަސް އިން ނިންމީ އެ ސިޓީއަށް ފަހުގައި ކަމަށެވެ.

ރައީސް މޮރިޝަސްއަށް ފޮނުންވި ސިޓީގައި ވަނީ، ޗާގޯސްގެ ސިޔާދަތާ ބެހޭ ގަރާރު އދގެ އާންމު މަޖިލީހަށް ދެން ހުށަހެޅިއްޖެނަމަ، އެ ގަރާރަށް ރާއްޖެއިން ތާއީދުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެ ސިޓީ ސަރުކާރުން އާންމުކޮށްފައި ނުވާތީ، އޭގައި ހުރި ވާހަކަތަކުގެ ތަފްސީލެއް ނުލިބެއެވެ.

އިޓްލޮސްގައި ރާއްޖެއާއި މޮރިޝަސްގެ އިމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މައްސަލަ މިއަދު ވަނީ ރާއްޖެއަށް އިމުން ބޮޑު ބައި ލިބޭ ގޮތަށް ނިންމާފައެވެ، އެ މައްސަލައިގައި ރާއްޖެއިން އެންމެ ފުރަތަމަ ދިޔައ އިޓްލޮސް އަށް މި މައްސަލަ ބެލިދާނެ ކަމާމެދު ސުވާލު އުފައްދަމުންނެވެ. ނަމަވެސް، ފަހުން އިޓްލޮސްއިން ވަނީ އެ މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ކަމުގައި ނިންމާފައެވެ. 

މޮރިޝަސް އިން ދައުވާކުރަމުން ދިޔައީ އެ ގައުމުގެ އިން ކަނޑައަޅާއިރު، 200 މޭލު ފަށާ ހިސާބެއްގެ ގޮތުގައި ޗާގޯސްގެ ބޭރުން އޮންނަ ބްލެއިމަން ފަރު ބެލުމަށެވެ. ރާއްޖެއިން ބުނަމުން ދިޔައީ ބްލެއިމަން ފަރަކީ ހަމައެކަނި ހިކި ދިޔައިގައި ފެންނަން އޮންނަ ތަނަކަށް ވެފައި، މީހުންނަށް ދިރިއުޅެވޭ ވަރުގެ ތަނަކަށް ނުވާތީ، އެއީ އިން ކަނޑައެޅުމުގައި ބެލޭނެ ހިސާބެއް ނޫންކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.