މި މައްސަލައިގެ ކުރިން، 2010ވަނަ އަހަރު ރާއްޖެއިން ވަނީ ރާއްޖެއިން ދެކުނުގެ އިން 200 މޭލަށް ވުރެވެސް ދުރަށް ދަންމާލުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅާފައެވެ.
ރާއްޖެއާއި، މޮރިޝަސް އާއި ދެމެދު، އިގްދިސާދީ ސަރަހައްދު ފުށުއަރާގޮތަށް އޮތް ހިސާބު ބެހުމާމެދު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯސް އޮފް ދަ ސީ (އިޓްލޮސް) ގައި ބަލަމުން ދިޔަ މައްސަލަ، ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ނިންމައިފިއެވެ.
މި މައްސަލަ 2019ވަނަ އަހަރުންސުރެ ފެށިގެން އިޓްލޮސްގައި ބަލަމުން އައި އިރު، ރާއްޖެއިން އެންމެ ފުރަތަމަ ދިޔައީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު ލަފައާ ދެކޮޅު ހަދަމުންނެވެ. އެހެންކަމުން، އިޓްލޮސް އަށް މި މައްސަލަ ބެލިދާނެ ކަމާމެދު ރާއްޖެއިން ވަނީ އޭރު ސުވާލު އުފައްދާފައެވެ.
ނަމަވެސް، ފަހުން އިޓްލޮސްއިން ވަނީ އެ މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ކަމުގައި ނިންމާފައެވެ. ދެ ގައުމުގެ ސަރަހައްދުން 200 މޭލު ބޭރަށް އިން ނަގާއިރު، ފުށުއަރާ ހިސާބު ބެހުމަށް އޮންނަނީ ދެ ގައުމަށް އެއްވަރުވާ ގޮތަށެވެ. މޮރިޝަސް އިން ދައުވާކުރަމުން ދިޔައީ އެ ގައުމުގެ އިން ކަނޑައަޅާއިރު، 200 މޭލު ފަށާ ހިސާބެއްގެ ގޮތުގައި ޗާގޯސްގެ ބޭރުން އޮންނަ ބްލެއިމަން ފަރު ބެލުމަށެވެ.
ނަމަވެސް، ރާއްޖެއިން ބުނަމުން ދިޔައީ ބްލެއިމަން ފަރަކީ ހަމައެކަނި ހިކި ދިޔައިގައި ފެންނަން އޮންނަ ތަނަކަށް ވެފައި، މީހުންނަށް ދިރިއުޅެވޭ ވަރުގެ ތަނަކަށް ނުވާތީ، އެއީ އިން ކަނޑައެޅުމުގައި ބެލޭނެ ހިސާބެއް ނޫންކަމަށެވެ. މިއަދު އިޓްލޮސްގައި އޮތް ހުކުމް އިއްވުމުގެ މަޖިލީހުގައި، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ މައްސަލަ ރާއްޖެއާ އެއްކޮޅަށް ނިންމާފައެވެ.
މި މައްސަލައިގެ ކުރިން، 2010ވަނަ އަހަރު ރާއްޖެއިން ވަނީ ރާއްޖެއިން ދެކުނުގެ އިން 200 މޭލަށް ވުރެވެސް ދުރަށް ދަންމާލުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅާފައެވެ. އެ މައްސަލަ އެ ކޮމިޝަނުގައި އަދިވެސް އެބަ އޮތެވެ.