ސަރުކާރުން ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާއެކު އެސްޓީއޯއިން ވަނީ އެ ކުންފުނީގެ ކަރުދާސް ކޮތަޅު ހިލޭ ދޭން ފަށާފަ އެވެ.
އެންމެން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފެށުމުގެ މިވަނީ އެ ކޮތަޅު ހުއްޓާލުމުގެ ވާހަކަ ފަށާފަ އެވެ. އެކަމަކު އެ ވާހަކަ މިހާރު ގަދަޔަށް ދެއްކިޔަސް ސަރުކާރުގެ ބޮޑު އިސްޓޯރު އެސްޓީއޯ އިން ތިމާވެއްޓަށް ގެއްލުން ދެނިވި މި ކޮތަޅު ހުއްޓާލަން ހިފައި މިކަމާ ދުރަސް ދިޔަތާ ލައްކަ ދުވަސް ވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސުޕަމާކެޓު އަދި ދުވާލަކު 5،000 މީހުން ވަންނަ އެސްޓީއޯ ސުޕަމާކެޓުން ސަރުކާރުގެ ވައުދާ އެއްގޮތަށް ތިމާވެއްޓަށްޓަކައި ކޮތަޅު ދޫކޮށްލުން 2018 ވަނަ އަހަރުން ފެށިގެން ވަނީ މަސައްކަތް ފަށާފަ އެވެ. އެ އަހަރު އެސްޓީއޯއިން ވަނީ އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ފަށައި މި ނޫން އެހެން ގޮތެއް ހޯދުމުގެ ދަތި މަސައްކަތް ފަށައިގެންފަ އެވެ.
މި ބަދަލާއެކު އެ ކުންފުނިން ނިންމި ހިތްވަރުގަދަ ނިންމުމަކީ 2021 ވަނަ އަހަރު އެ ކުންފުނީގެ ފާމަސީތަކުން ޕްލާސްޓިކް ކޮތަޅު ނެގުން އެއްކޮށް ހުއްޓާލުމެވެ. އަދި ކަރުދާސް ކޮތަޅަށް ބަދަލުކޮށްލައި އަހަރަރު އެއް މިލިއަން ޕްލާސްޓިކް ކޮތަޅު މާކެޓުން ނެގުމުގެ ލަނޑުދަނޑިއެއް ކަނޑައެޅި އެވެ.
އެ ކުންފުނިން މިހުރިހާ ބަދަލެއް ގެނައީވެސް ކުރަން މިއުޅޭ ކަމާއި ކުރެވޭކަން ރަނގަޅަށް އެނގި ތިބެ އެވެ. މަގުސަދު ނިކަން ރަނގަޅަށް އެސްޓީއޯ ޓީމަށް އެނގެ އެވެ. މަގުސަދަކީ އެސްޓީއޯ ސުޕަމާކެޓުން ކޮތަޅު އެއްކޮށް ހުއްޓާލުމެވެ. އެހެންވެ މި އަހަރުގެ ޖުލައި މަހު އެސްޓީއޯއިން ވަނީ ޕްލާސްޓިކް ކޮތަޅަކަށް 2.50ރ. ނަގަން ފަށާފަ އެވެ. މިއީ ޕްލޭންކޮށްގެން ދުރާލާ ރޭވިގެން ނެގި ހިތްވަރުގަދަ ނިންމުމެކެވެ. މަގުސަދަކީ ކޮންމެހެން މީހުން އަތުން ފައިސާ ނެގުމެއް ނޫނެވެ. ބޭނުމަކީ ތިމާވެށި ހިމާޔަތް ކުރަން ނަގަން ޖެހޭ ދިގު މި ފިޔަވަޅަށް މަގު ފަހި ކުރުމެވެ.
މި ނިންމުމާއެކު އެސްޓީއޯގެ ސުޕަމާކެޓުން ވަރުގަދަ ކަރުދާސް ކޮތަޅެއް ދޫކުރަން ފެށި އެވެ. މީގެ ކޮތަޅެއް ވިއްކަމުން ދިޔައީ ދެ ރުފިޔާ އަށެވެ. ފުރަތަމަ މިއީ ގިނަ މީހުންނަށް ކަމުނުދާ ކަމަށްވިނަމަވެސް ފަހުން އެސްޓީއޯގެ ގިނަ ކަސްޓަމަރުން އެކަން ބަލައިގަތެވެ. މީގެ ހެއްކަކީ ނުވަ މަސްތެރޭ ސުޕަމާކެޓުގެ ޕްލާސްޓިކް ޔޫސް 87 ޕަސެންޓަށްވުރެ ދަށްވެގެން ދިއުމެވެ.
އެސްޓީއޯއިން ފަހަރަކު ފިޔަވަޅެއްގެ ގޮތުގައި ޕްލާސްޓިކާ ދުރަށްދާން ނިންމަކުން ދިޔަ މި ނިންމުންތަކަށްފަހު ސަރުކާރުން ކޮތަޅަކުން ދެ ރުފިޔާގެ ޓެކުހެއް ނަގަން ފެށުމާއެކު މިހާރު ވަނީ އެ ކުންފުނިން ދޭ ވަރުގަދަ ކަރުދާސް ކޮތަޅު ހިލޭ ދޫކުރަން ފަށާފަ އެވެ. މި ކޮތަޅަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކޮށްލަން ވެސް ގެނެވޭނެ އެއްޗެކެވެ. އަދި ބަލައިލާންވެސް ރީތި ދަބަހެކެވެ.