ފަރެސްމާތޮޑާ އިން ވެލިނަގައިގެން ފުވައްމުލަކަށް ގެންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ ވޯޓާއެކުއެވެ. އެ ކުއްލި މައްސަލައަށް ބަހުސްކުރުމަށް ވޯޓުދެއްވީ 12 މެންބަރެކެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ސަރަހައްދުން ވެލި ނަގައިގެން ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް އެރަށަށް ގެންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ އީޕީއޭއިން ފުވައްމުލަކު މަޝްރޫއަށް ގެންދިއުމަށް ހުއްދަ ދީފައިވަނީ ފަރެސްމާތޮޑާ އެއާޕޯޓުގެ މަޝްރޫއަށް ބޭނުންކުރާ ވެލީގެ ތެރެއިން ބާކީވާ 45000 ކޮޑި މީޓަރުގެ ވެލި ގެންދިއުމަށް ކަމަށެވެ. އެއީ، ފަރެސްމާތޮޑާއާ ވަރަށް ދުރުން، ކަނޑުން ނަގާފައިވާ ވެލިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެ މައްސަލައިގައި ވަނީ؛ "ފުވައްމުލަކަށް ވެލި ގެންދިއުމަށް ފަރެސްމާތޮޑާގެ އެއްވެސް ހިސާބެއް ކޮނެގެން ވެލި ނެގުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޮތޯރިޓީން ހުއްދަ ދީފައިނުވާއިރު، މިގޮތަށް ވެލި ގެންދިއުމަކީ ގަވާއިދާ ހިލާފަށް ކުރަމުންދާ ކަމެއް" ކަމަށެވެ.

މީގެ އިތުރުން، ފަރެސްމާތޮޑާގެ ދެކުނު ފަރާތް ނެގުމަށްޓަކައި ފަސް ނެގުމަށް އެތެރެވަރީގެ ދެ ތިލައެއް ޕްރޮޖެކްޓުގެ ސާވޭގައި ހިމަނާފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި އެ ރަށުގެ ފުޓުބޯޅަދަނޑު ހެދުމުގެ މަޝްރޫއަށް ވެސް ވެލި ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ ވޯޓާއެކުއެވެ. އެ ކުއްލި މައްސަލައަށް ބަހުސްކުރުމަށް ވޯޓުދެއްވީ 12 މެންބަރެކެވެ. 

އެ މައްސަލައިގައި ފަރެސްމާތޮޑާ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.