ކޮތަޅަށް ހޭލުންތެރި ކުރަން ދޮރުން ދޮރަށްވެސް ހިނގިން

ކޮތަޅު ޓެކުހުގެ މައްސަަލަ ބޮޑުވެ އެ ކަން ހައްލު ކުރުމަށް ޖެހިފައިވާއިރު ތިމާވެށި މިނިސްޓަރު ވިދާޅުވަނީ މާލޭގެ 250 ގެއަށް މައުލޫމާތު ދޭން ވެންނެވި ކަމަށެވެ. އަދި ރާއްޖޭގައި ކޮތަޅަށް ހޭލުންތެރި ކުރުވަން ގިނަ ހަރަކާތްތަކެއް ހިންގެވި ކަމަށެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފެށުމުގެ ކުރީގައި އާއްމުން ހޭލުންތެރި ކުރަން ދޮރުން ދޮރަށް ވެސް ހިނގާފައިވާނެ ކަމަށް އެންވަޔަރުމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ. 

ކޮތަޅަކުން ދެ ރުފިޔާގެ ޓެކުހެއް ނަގަން ފެށުމާއެކު ކޮތަޅުގެ އަގު ބޮޑުވެ އާއްމުންގެ ދިރިއުޅުމަށް އަސަރުކޮށް ސަރުކާރު ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް މަޖިލީހަށް ހާޒިރުކޮށް އެންވަޔަރުމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ ވިދާޅުވީ ކޮތަޅު ޓެކުހަށް ހޭލުންތެރި ކުރުވަން ވަރަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ދޮރުން ދޮރަށް ހިނގުމާއި މިނޫން ވެސް ގިނަ ކަންކަން ކޮށްފައިވާނެ ކަމަށެވެ. 

"ވަކިން ހާއްސަކޮށް މި މާއްދާ ހިމެނިފައި ވާތީ މީރާ އާއި ވެމްކޯ ހިމެނޭ ގޮތަށް ޕްރޮގްރާމް ހިންގިން. އިންފޮމޭޝަންސް ސެޝަންތައް ވެސް ހިނގިން ސޯޝަލް މީޑިއާ ވަސީލަތް ބޭނުން ކޮށްގެން ވެސް ކެމްޕޭން ހިންގިން،" މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރުގެ ޖަވާބުގެ ޕޮއިންޓްތައް

  •  79 ރަށުގައި ޕްރޮގްރާމް ހިނގިން
  •  ނ ، ރ ، ބ އަދި ޅ ގެ 40 ރަށެއްގައި ޕްރޮގްރާމް ހިންގިން
  •  މ، ފ، ދ ، ތ އަދި ލ، ގެ 6 ރަށެއްގައި
  •  ވިމެންސް ޑިވްލޮޕްމަންޓް ކޮމެޓީއާއެކު 200 ގެއަކަަށް ދޮރުން ދޮރަށް
  •  މާލޭގެ 250 ގެއަށް ދޮރުން ދޮރަށް ވަނިން
  •  ނޫސް ބަޔާންތައް ނެރުނިން
  •  ޓީވީ ޕްރޮގްރާމް / ރޭޑިއޯ ޕްރޮގްރާމަށްވެސް އެރި

ކޮތަޅު ދެ ރުފިޔާގެ ޓެކުހެއް ނެގުމުގެ މައްސަލަ ބޮޑު ވެގެން ގޮސްފައިވަނީ ކޮތަޅު ވިއްކާ ކޮންމެ މަރުހަލާގައި ދެ ރުފިޔާގެ ޓެކުހެއް ނަގަމުން ދިއުމެވެ. މީގެ ސަބަބުން ކޮތަޅު ބޮނޑިއެއްގެ އަގު ވަނީ ބޮޑުތަނުން މަތިވެފަ އެވެ.  ކޮތަޅުން ޓެކްސް ނެގި ނަމަވެސް ޕްލާސްޓިކް ކޮތަޅު ހިލޭ ލިބޭ ހާލަތްތަކެއް ވެސް ވެ އެވެ. އަދި މި ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅު ދީފިނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާވެސް ކުރާނެ އެވެ.

ކޮމެންޓް

1
450
ލޮލްޒ
1 year ago

ދެތިން ރައްޓެހިންގެ ގެއަށް ދިޔައިމަ ދޮރުން ދޮރަށް ވޭތަ؟ މުޅި ފޭސްބުކާ އިންސްޓަގްރާމް އޮންނީ އިޝްތިހާރުތަކުން ފުރިފަ. އެންމެ އިޝްތިހާރެއްވެސް ނުދެކެން ކޮތަޅާ ބެހޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.