ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހާރު 186،241 އެވެ. ކޮވިޑް ޖެހިގެން މިހާތަނަށް މަރުވީ 313 މީހުނެވެ.
ރާއްޖޭގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމަށް ފަހު އެ ނިސްބަތް ދަށް ނުވެ އިތުރު 199 މީހަކު މިދިއަ ހަފުތާގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން މިިއަދަ މާރިޗް މަހުގެ 26 އިން ފެށިގެން ކޮވިޑްޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ބޮޑުތަނުން އިތުރުވެފައި ވެއެވެ. އަދި ފަހުގެ ހިސާބުތަކުގައިވާ ގޮތުން އޭޕްރިލް 16 އިން 22 އާ ހަމައަށް 199 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ.
އެއީ މާލޭ ސަރަހައްދުން ކޮވިޑް ޖެހުނު 137 މީހަކާއި އަތޮޅު ތަކުގެ ރަށްރަށުން ކޮވިޑް ޖެހުނު 17 މީހަަކާއި ރިސޯޓްތަކާއި ސިނާއީ ރަށްތަކުން އެ ބަލި ޖެހުނު 45 މީހެކެވެ. އޭގެ ތެރެއިން 35 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދެ އެވެ.
ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހާރު 186،241 އެވެ. ކޮވިޑް ޖެހިގެން މިހާތަނަށް މަރުވީ 313 މީހުނެވެ.