ލަންކާއަށް ބިންހެލުމެއްގެ އަސަރު، ގެއްލުމެއް ނެތް

ގާތްގަނޑަކަށް 16،000 ދިވެހިން ވެސް އުޅޭ ލަންކާއަށް ބިންހެލުމެއް އައި ހަބަރާއެކު މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ހަމްބަންޓޯޓާގެ ސަރަހައްދުގެ ބައެއް މީހުން ސިހި ވަރަށް ބޮޑު ހާސްކަމުގެ ތެރެއަށް ދިޔަ އެވެ.

އަވަށްޓެރި ސްރީލަންކާއަށް މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ. ބިން ހެލުމެއް އައި ނަމަވެސް އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި މިހާތަނަކަށް ނެތެވެ.

ލަންކާގެ ޖިއޮލޮކޮޖަލް ސާވޭ އެންޑް މައިސް ބިއުރޯއާ ހަވާލާދީ އެ ގައުމުގެ ގިނަ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ހަމްބަންޓޯޓާ ކަނޑުގެ ސަރަހައްދުން 4.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެ އެވެ.  އަދި މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ ހަމްބަންޓޯޓާ އާއި 25.8 ކިލޯމީޓަރު ދުރުން ކަނޑުގެ ސަރަހައްދެއްގައެވެ.

މި ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް އަދި ސުނާމީއެއް އައުމުގެ ބިރުވެސް ލިބިފައެއް ނެތެވެ.

ގާތްގަނޑަކަށް 16،000 ދިވެހިން ވެސް އުޅޭ ލަންކާއަށް ބިންހެލުމެއް އައި ހަބަރާއެކު މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ހަމްބަންޓޯޓާގެ ސަރަހައްދުގެ ބައެއް މީހުން ސިހި ވަރަށް ބޮޑު ހާސްކަމުގެ ތެރެއަށް ދިޔަ އެވެ. ގިނަ ދިވެހިން އުޅެނީ ކޮލަމްބޯގެ ސަރަހައްދުތަކުގަ އެވެ. 

ކޮމެންޓް

1
450
ޗުންޗުން
1 year ago

މައުލޫމާތު އެބަމަދުވޭ. ކޮބާތޯ ޑެޕްތު ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.