ކޮމިޓީން ފާސްކުރީ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ހައިކޯޓަށް ލިބޭ ގޮތަށް

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މި ފާސް ކުރުން ބުނާ ގޮތުން މިކަމާ ބެހޭ ގޮތުން ހައިކޯޓަށް ހުށަހަޅާ ހުށަހެޅުމަކާމެދު އެންމެ ގިނަވެގެން ވެސް 14 ދުވަހުގެ ތެރޭގައި ކޯޓުން އެކަމަށް ގޮތެއް ކަނޑައަޅަން ޖެހޭނެ އެވެ.

މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު ހެދުމުން ނޫސްވެރިންތަކެއް އިހުތިޖާޖު ކުރަނީ

ޝަރީއަތް މެދުވެރިކޮށް ނޫސްވެރިޔާގެ މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި އޮތް މާއްދާ އިސްލާހުކޮށް، ވަކި ހާލަތެއްގައި ނޫސްވެރިޔާގެ މަސްދަރު ހާމަ ކުރަން އަމުރު ކުރުމުގެ ބާރު ހައިކޯޓަށް ލިބޭ ގޮތަށް ޖުޑީޝަރީ ކޮމިޓީން ބިލު ފާސް ކޮށްފި އެވެ.   

މި ފާސް ކުރުން ބުނާ ގޮތުން މި ކަމާ ބެހޭގޮތުން ހައިކޯޓަށް ހުށަހަޅާ ހުށަހެޅުމަކާ މެދު ގިނަ ވެގެން 14 ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ކޮމެޓީގެ މި ނިންމުމާއެކު ދެން އެ ރިޕޯޓް ވަންނާނީ ތަޅުމަށެވެ.

ކޮމެޓީން މި ގޮތަށް ފާސްކުރީ މަސްދަރު ހާމަ ކުރަން މަޖުބޫރުކޮށް ޖަލަށް ވެސް ލެވޭ ގޮތަށް ހެތްކާ ބެހޭ ބިލު ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެން އެކަމާ ނޫސްވެރިންނާއި މުޅި މީޑިއާ ނުރުހުން ފާޅުކޮށް އެކި ގޮތް ގޮތަކަށް ދެކޮޅު ހެދުމުން އެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ދިރާސާ ކުރުމުގެ މަރުހަލާގަ އެވެ.

ހެތްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ އަކުރު (ށ) ގައި ބުނަނީ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތު ކުރެވޭ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މައުލޫމާތު ހާމަކުރުމަށް ޝަރީއަތުން އަމުރު ކުރެވިދާނެ ކަމަށެވެ.  

ނޫސްވެރިން އެކަމާ ދެކޮޅު ހަދައި އިންކާރު ކުރާން ފެށުމުހން އަލަށް އިސްލާހު ހުށަހެޅި އިރު އޮތީ ނޫސްވެރިޔާއަށް މައުލޫމާތު ދިނީ ކާކުކަން އަންގައިދޭން އެހީއަކަށް ވެދާނެ މައުލޫމާތާއި އެފަދަ މައުލޫމާތެއް އެކުލެވިގެންވާ ވަސީލަތްތަކާއި އެއްޗެހިވެސް ޝަރީއަތަށް ހާމަ ކުރުމަށް އަމުރު ނުކުރެވޭނެ ކަމަށެވެ. 

އެ އިސްލާހަށް ޖުޑިޝަރީ ކޮމިޓީން ގެނައި އިސްލާހުގައި ބުނަނީ ޓެރަރިޒަންގެ ކުށްތަކާއި ގައުމީސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށްތަކުގެ މައްސަލަ ތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަ ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް، ހައިކޯޓަށް ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަ ކުރުމަށް އެ ކޯޓުން އަމުރު ކުރެވިދާނެ ކަމަށެވެ.  

އެގޮތަށް ނިންމާއިރު ބަލާނެ ކަންތަކެއް ވެސް ހިމަނާފައި ވެއެވެ. މަދަނީ މިންގަނޑުން ސާބިތު ކުރުމަށް ހައިކޯޓުން ބަލާނީ މަސްދަރު ހާމަ ކުރަން އަމުރު ކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލް ހުށަހެޅި ހުށަހެޅުމާ ގުޅުންހުރި ކަންކަމުގެ މައްޗަށެވެ. 

  • 1.ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އަމަލެއް އެކުލެވޭ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން
  • 2.މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަ ކުރުމުން އެމީހާއަށާ އެހެން ފަރާތަކަށް ލިބިދާނެ ގެއްލުމުގެ ނުވަތަ އެއިން ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ ކުޑަބޮޑުމިން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.