އީދު ތަހުނިޔާ ނާރުވާ، ސްމާޓް މަގުބައްތީގެ ސްކްރީންތައް ނިވިފައި

ސްމާޓް މަގުބައްތި މަޝްރޫއަކީ މާލެސިޓީ ކައުންސިލްގެ މި ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ "ޑިޖިޓަލް މާލެސިޓީ" މަޝްރޫއުގެ ބައެކެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޖަހާފައިވާ ސްމާޓް މަގުބައްތިއެއް: ހުރިހާ ބައްތިއެއްގެ ޑިޖިޓަލް ލެޑް ސްކްރީންތައް ހުރީ ނިވިފައި -- މި

މާލޭގެ ސްމާޓް ސްޓްރީޓް ލައިޓް / ސްމާޓް މަގުބައްތި ޕްރޮޖެކްޓްގައި ޖެހި ބައްތިތައް، އީދު އާއިރު ދަނޑިތަކުގެ ޑިޖިޓަލް ލެޑް ސްކްރީންތައް ހުރީ ނިވިފަ އެވެ. އެހެންވެ އެ ޑިސްޕްލޭތައް މެދުވެރިކޮށް ރޯދަ މަހުގެ ތަހުނިޔާ އާއި ކައުންސިލްގެ އެހެން މެސެޖްތައް އެރުވި ގޮތަށް އީދުގެ ތަހުނިޔާގެ މެސެޖްތައް އަރުވާފައެއް ނުވެ އެވެ.

މާލެއަށް މޮޑަން ރީތި ލުކެއް ގެނައުމަށް ފެށި ސްމާޓް މަގުބައްތި ޕްރޮޖްކެޓަކީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީގައި ކައުންސިލުން ފެށި ޕްރޮޖްކެޓެކެވެ. އެ ޕްރޮޖެކްޓަކީ ޔުނާން ޕްރޮވިންސްގެ ހަދިޔާ އެކެވެ.

ސްމާޓް މަގުބައްތީގެ މަޝްރޫއު އާޓިފިޝަލް ބީޗުން ފެށިގެން ލޮނުޒިޔާރަތް ޕާކާ ހަމަޔަށް ސްމާޓް މަގުބައްތީގެ 10 ދަނޑިއެއް ޖަހާފައިވާއިރު ރޯދަ މަހުގެ ބޮޑު ބަޔަކާ ހަމައަށް އެ ބައްތިތަކުގައި ހިމެނޭ ޑިސްޕްލޭއަށް ކައުންސިލުން މެސެޖްތައް އަރުވަމުން ގެންދިޔަ އެވެ. ނަމަވެސް ބައްތިތަކުގެ ޑިޖިޓަލް ލެޑް ސްކްރީންތައް ނިވެމުން ގޮސް ކުޑައީދު އާއިރު އެއްވެސް ޑިސްޕްލޭއެއް ނުދިއްލެ އެވެ.

މާލޭގައި ޖަހަން ފަށާފައިވާ ސްމާޓް މަގުބައްތިތަކީ ފްރީ ވައިފައި އާއި ޑިޖިޓަލް ލެޑް ސްކްރީނާއި ސްޕީކާ ސިސްޓަމާއި ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަ ވާނެހެން އެންވަޔަރަންމަންޓް ސެންސަރު ހަރު ކޮށްފައިވާ މަގުބައްތި ތަކެކެވެ. އޭގެ އެހީގައި ޕަބްލިކް މެސެޖްތަކާއި ދީނީ އިރުޝާދުތަކާއި ނަސޭހަތްތާއި ދުއާ ވެސް ފޯރުކޮށް ދެވޭ ގޮތަށެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި ވިޔަފާރީގެ އުސޫލުން އިޝްތިހާރު ދެއްކޭނެ ގަވާއިދެއް ފާސްކޮށް އެ ފުރުސަތު ވެސް ކުރިއަށްއޮތްތަނުގައި ހުޅުވާލާނެ އެވެ. ސްމާޓް މަގުބައްތީގެ ސީސީޓީވީ ކެމެރާތަކުގެ ކޮންޓްރޯލް އޮންނާނީ ކައުންސިލްގަ އެވެ. ކައުންސިލްގެ ސީސީޓީވީ މޮނިޓަރިންގް ސިސްޓަމްގެ ތެރެއިން އެކަން ބެލަހައްޓައި ސީސީޓީވީ ކެމެރާތަކަށް ރެކޯޑް ކުރެވޭ ފުޓޭޖްތައް ފުލުހުން ބޭނުންވާ ހާލަތުގައި ފުލުހާ ހިއްސާ ކުރާނެ އެވެ.

ސްމާޓް މަގުބައްތި މަޝްރޫއަކީ މާލެސިޓީ ކައުންސިލްގެ މި ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ "ޑިޖިޓަލް މާލެސިޓީ" މަޝްރޫއުގެ ބައެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.