މަޑަވެލީގައި ލޯބިވެރިޔާއަށް އަނިޔާ ކުރި މީހާ ދޫކޮށްލައިފި

އެ ދެ މީހުން މަޑަވެއްޔަށް ދިޔައީ ވެސް މާރިޗް މަހު އެވެ. ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ދެ މީހުން ކަމަށް އެ ރަަށު މީހުން ބުނެއެވެ.

ލޯބިވެރިޔާއަށް އަނިޔާ ކުރި މީހާ: އޭނާގެ ބަންދު ރިވިއު ކުރުމަށް ފަހު ވަނީ ދޫކޮށްލާފައި

މިދިއަ މާރިޗް މަހުގެ 21 ވަނަ ދުވަހު ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި ފިރިހެން މީހާ ގޭ ބަންދުން ވީއްލައި އޭނާ ދޫކޮށްލައިފި އެވެ. 

ކޯޓުން އޭނާ ދޫކޮށްލި އިރު އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ކުރިން ބަންދު މުއްދަތު ދީފައި ވަނީ ޝަރީއަތް ނިމެން ދެނެވެ. އިއްޔެ އޭނާ ދޫކޮށްލި ސަބަބު ސާފެއް ނުވެއެވެ. ނަމަވެސްް ދޫކޮށްލީ ބަންދުގެ މުއްދަތު ރިވިއު ކުރަން ކޯޓަށް ގެންދިއުމުންނެވެ. 

އެ މީހާ ވަނީ އޭނާ ލޯބިވެރިޔާ ކަމަށް ބުނާ އަންހެން މީހާ ގެއެއްގެ ތެރެއިން އޮބައިގަނެގެން ވަރަށް އަނިޔާކޮށްފަ އެވެ. އެ ފިރިހެން މީހާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އާންމުވެ ދައުރުވަމުން ދިޔައެވެ. 

ފިރިހެން މީހާ ވަނީ އަންހެން މީހާ މަގުމަތީގައި ދަމާ ކޫއްތައި އެތައް ހިސާބަކަށް ގެންގޮސްފަ އެވެ. ފަޔާއި އަތުން އަންހެން މީހާގެ ގައިގައި ވަރަށް ބާރަށް ތަޅާ ހަދާފަ އެވެ. އަންހެން މީހާ އޭނާގެ ކިބައިން ސަލާމަތް ކުރި އެ ދުވަހު އެ ސަރަހައްދަށް ދިޔަ ފިރިހެނެކެވެ.  

އުމުރުން 34 ފިރިހެން މީހާއަކީ މަޑަވެލީ މީހެކެވެ. އަންހެން މީހާ ނިސްބަތް ވަނީ ރ. އަތޮޅު ރަށަކަށެވެ. އުމުރަކީ 30 އަހަރެވެ. އެ ދެ މީހުން މަޑަވެއްޔަށް ދިޔައީ ވެސް މާރިޗް މަހު އެވެ. ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ދެ މީހުން ކަމަށް އެ ރަަށު މީހުން ބުނެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.